އާބާދީ މަދުވާ ސަބަބުތައް ދެނެގަތުމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ހެދި ދިރާސާގެ ރިޕޯޓްގައި ބުނެފައިވެއެވެ.
ޔޫއެންއެފްޕީއޭގެ އެހީތެރިކަމާއެކު ހެދި މި ދިރާސާ ނެރުނީ މެއި 16 ގައެވެ. މި ދިރާސަތަކުގެ ނަތީޖާތައް ހުށަހަޅައިދެއްވީ ލޭބަރ އަދި ޑިމޮގްރަފިކް ރިސާޗްގެ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ޔޫއެންއެފްޕީއޭގެ ކޮންސަލްޓަންޓް ޑރ. ޓާޓިއާނާ ކަރަބްޗުކްއެވެ.
މި ދިރާސާ ނެރުމަށް ބޭއްވި ހަފްލާގައި އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގައި އިޖުތިމާއީ އަދި އިގުތިސާދީ ސަބަބުތަކުގެ ސަބަބުން ދަރިމައިވުން ދަށްވުމާ ގުޅޭ ގޮތުން ހެދި މި ދިރާސާގައި 18-49 އަހަރުގެ 479 އަންހެނުން ބައިވެރިކޮށްފައިވެއެވެ. އަދި ފޯކަސް ގްރޫޕު ޑިސްކަޝަންތަކުގައި ފިރިހެނުންނާއި ސިއްހީ ދާއިރާގެ ބޭފުޅުން ވެސް ބައިވެރިކޮށްފައިވެއެވެ. މި ދިރާސާއާ ގުޅުވައިގެން ދިރާސާ ނިންމުމުގެ ރަސްމިއްޔާތުގެ ތެރޭގައިވަނީ ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެ ޑިސްކަޝަންގައި ބައިވެރިވީ:
- ޑރ.ޓަޓިއާނާ ކަރަބްޗުކް – ލީޑް ރިސާޗަރ
- މައިމޫނާ އަބޫބަކުރު – ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، އެޗްޕީއޭ
- ޑރ. ހުސައިން ނިޔާޒް – ޑިމޮގްރަފަރ
- ޝާދިޔާ އިބްރާހިމް – ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ ހެޑް އޮފް އޮފީސް
ދަރިމައިވުމުގައި ހުރި ދަތިތައް ދެނެގަތުމާ ގުޅޭ ގޮތުން ހެދި ދިރާސާއިން ފާހަގަވި އެންމެ މުހިންމު ކަމަކީ ގެދޮރާއި މާލީ ދަތިކަމާ ހުރެ ރާއްޖޭގައި ގިނަ ދަރިން ހޯދަން ގިނަ މީހުން ބޭނުންނުވުމެވެ. މި ދިރާސާގައި ބައިވެރިވި 55.5 އިންސައްތަ އަންހެނުން ބުނެފައި ވަނީ، ގިނަ ދަރިން ހޯދަން ބޭނުންވިއަސް އެކަން ނުކުރެވެނީ ދިރިއުޅޭނެ ޖާގަ ނެތުމުން ކަމަށެވެ. 40.9 އިންސައްތަ އަންހެނުން ބުނެފައިވަނީ ގިނަ ދަރިން ނުހޯދަނީ މާލީ ދަތިތަކާ ހުރެއެވެ. މާލީ އެހީތެރިކަން ލިބޭނެނަމަ ގިނަ ދަރިން ހޯދަން ބާރަކަށް ވާނެ ކަމަށް 43.3 އިންސައްތަ އަންހެނުން ބުނެފައިވެއެވެ. އޭގެ އިތުރުން ޖާގަ ތަނަވަސް ނޫނީ ހިލޭ ގެދޮރު ލިބޭނެ ގޮތް ހަދައިދިނުމަކީ ވެސް ގިނަ ދަރިން ހޯދަން ބާރަކަށް ވާނެ ކަމަށް މި ދިރާސާއަށް މައުލޫމާތު ދިން ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. މި ދިރާސާއިން ފާހަގަވި އެންމެ މުހިންމު ކަމަކީ ދިރާސާގައި ބައިވެރިވި 56 ޕަސެންޓް އަންހެނުން ގިނަ ދަރިން ހޯދަން ބޭނުން ނުވުމެވެ. ކުދިން ހޯދަން އެންމެ ރަނަގޅު އަދަދަކީ ތިނެއް ކަމަށް ޤަބޫލު ކުރިޔަސް 28 އިންސައްތަ މީހުން އެ އަދަދަށް ދަރިން ހޯދާފައެއް ނުވެއެވެ.
ރާއްޖޭގައި ދަރިމައިވުމުގެ ރޭޓް 1.7 އަށް ދަށްވެފައިވާއިރު، އާބާދީ އިތުރުކުރުމަށް އަޅާނެ މުހިއްމު ފިޔަވަޅުތަކެއް ވެސް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ، ދެ ދަރިންނަށް ވުރެ ގިނަ ދަރިން ތިބި އާއިލާތަކަށް ރަނގަޅު ގެދޮރުގެ ފުރުސަތު ފަހިކޮށްދިނުމާއި ސަރުކާރުން ސަބްސިޑައިޒްކޮށްގެން ޑޭ-ކެއާ ސެންޓަރުތައް ތައާރާފު ކުރުމާއި ސަރުކާރާއި އަމިއްލަ ތަންތަނުގައި މެޓާނިޓީ އަދި ޕެޓާނިޓީ ޗުއްޓީ ހަރުދަނާކުރުމާއި ދަރިން ލިބުމަށް ހުރަސްއެޅޭ ސިއްހީ މައްސަލަތަކަށް ހަރުދަނާ ގޮތެއްގައި ސަމާލުކަން ދިނުން ހިމެނއެވެ.
advertisment
ހިޔާލު