އަދަބީ ބައެއް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

2025ވަނަ އަހަރުގެ ދިވެހިބަހުގެ އެކެޑަމީން ބާއްވާ އަދަބީ ބައެއް މުބާރާތްތަކުގެ ތެރެއިން އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި މުބާރާތްތައް ކުރިއަށް ގެންދަނީ 2 ބަޔަކަށް ބަހައިލައިގެންނެވެ. އެއީ:

  1. އިސްކޫލުތަކުގެ ބައި
  2. އަމިއްލަ ފަރާތްތަކުގެ ބައި (18 އަހަރުން ދަށުގެ އުމުރުފުރާ/18 އަހަރުން މަތީގެ އުމުރުފުރާ)

އިސްކޫލުތަކުގެ ބައި ކުރިއަށް ގެންދަނީ 3 އުމުރުފުރައަކަށް ބަހައިލައިގެންނެވެ. އެއީ

ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3)،

ސާނަވީ ގިންތި (ކީ ސްޓޭޖް 4)،

މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5) އެވެ.

މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ދާނީ މުބާރާތުގައި ބައިވެރިވާ ބައިވެރިން ދިރިއުޅޭ ރަށެއްގައި، އެކެޑަމީން ކަނޑައަޅާ މަރުކަޒެއްގައި ވަގުތުން ލިޔެވޭ ގޮތަށެވެ.

މުބާރާތްތަކުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓުގެ ތިރީގައި މި ވާ ލިންކުތަކުން ލިބެން ހުންނާނެއެވެ. މި މުބާރާތްތަކުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2025 މެއި 29  ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00އެވެ.

މި މުބާރާތްތައް އޮންނާނީ 2025 ޖޫން މަހުގެ 21ވާ ހޮނިހިރު ދުވަހުއެވެ. މުބާރާތް އޮންނާނެ ތަނާއި ވަގުތު މުބާރާތް ބޭއްވުމުގެ 5 ދުވަސް ކުރިން، އެ މުބާރާތްތަކުގައި ބައިވެރިވި ފަރާތްތަކަށް މި އެކެޑަމީން އަންގާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *