ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް)ގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ކައުންސެލިންގ ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ ރާއްޖޭގެ ހައި ސްކޫލެއްގައި ފުލްޓައިމް ކައުންސެލަރުން ތިބެގެން ޚިދުމަތް މިހާ ފުޅާގޮތެއްގައި ދޭން ފެށި ފުރަތަމަ ފަހަރެވެ.
ކެރިއަރ ގައިޑެންސް ކައުންސެލިން ދޭން ފެށުމުން ޔުނިވަރސިޓީތަކާއި މަތީ ތަޢުލީމުގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު އެއްކުރުމުގައި އެހީތެރިކަން ލިބުމުގެ އިތުރުން، ދަރިވަރުންގެ ތަޢުލީމީ ލަނޑުދަނޑިތަކާއި އުއްމީދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މަޤްޞަދާއި މާނަހުރި މަގަކަށް މަގުދައްކައިދޭނެ ފަރާތަކާއެކު ޤަވާއިދުން ވާހަކަދެއްކުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް ވީއައިއެޗްއެސްއިން ބުނެއެވެ.

ވީއައިއެޗްއެސްގައި ފެށި ކެރިއަރ ގައިޑެންސް ކައުންސެލިން ޕްރޮގްރާމުގެ ދަށުން ގުރޭޑް 12ގެ ދަރިވަރުންނަށް ޚިދުމަތް ދޭނީ ސިނާނަތު ހާޝިމެވެ. ގުރޭޑް 11ގެ ދަރިވަރުންނަށް ޚިދުމަތް ދޭނީ އާމިނަތު މުޙައްމަދެވެ.
ވީއައިއެޗްއެސްގައި ކެރިއަރ ގައިޑެންސް ފޮރުކޮށްދޭނެ ގޮތްތައް:
- ކެރިއަރ ގައިޑެންސް ކްލާސްތައް (ދަރިވަރުންގެ ދުވަހީ ތާވަލުގައި ހިމަނާފައި)
- ކައުންސެލަރަކާއެކު ވަން އޮން ވަން ސެޝަންތައް
- ފީލްޑް އެކްސްޕޯޒަރ މެދުވެރިކޮށް ދަރިވަރުންގެ ކެރިއަރއާ މެދު ވިސްނުން ފުޅާކުރުމުގެ ފުރުޞަތުތައް
- އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުންނާއެކު ސެޝަންތައް
- ޔުނިވަރސިޓީ އެކްސްޕޯޒަރގެ ފުރުޞަތުތައް
ވީއައިއެޗްއެސްގެ ޕްރިންސިޕަލް އަލީ މުސްތަފާ ދަރިވަރު ނޫހަށް އިއްޔެ ވިދާޅުވީ، އޭލެވެލްއަށް ކުދިން އަންނައިރު ކުރިއަށް ދާނެ ދާއިރާއެއް ގިނަ ފަހަރަށް ނިންމާފައި ނޯންނަކަމަށެވެ. އޭގެ ބަދަލުގައި އޭލެވެލް ފަށަން ވާނީ ވެސް އެކުއްޖަކު ޚިޔާރުކުރާ ދާއިރާއަކުން ޑިގްރީއަކަށް ދާން މަގުފަހިވާގޮތަށް ކަމަށެވެ.

މިސާލެއްގެ ގޮތުން މުސްތަފާ ފާހަގަކުރެއްވީ މެޑިސިން ކިޔަވާ ކުއްޖަކަށް ކެމިސްޓްރީ ބައޮލޮޖީ މްތްސް ނޫނީ ފިޒިކްސް މުހިންމުވާހެން އިންޖިނިއަރިންގ ދާއިރާއަށް ބޭނުންވާ ކުއްޖާއަށް ވެސް މެތްސް އާއި ފިޒިކްސް ކިޔެވުން މުހިންމު ކަމަށެވެ. މައުލޫމާތު ލިބިފައި ނެތުމުން ކުރިއަށް ދާން ބޭނުންވާ ދާއިރާއާ ގުޅުން ހުރި މާއްދާތައް ދޫކޮށްލެވިފައިވާކަން އެނާ ފާހަގަކުރެއްވިއެވެ.
އެ ކުއްޖަކު ޚިޔާރު ކުރާ ފީލްޑަކަށް ކެރިއަރ ޕާތްވޭއަކަށް މަގުފަހިވާގޮތަށް މި ޖެހެނީ އޭލެވެލް ކިޔަވަން. ނަމަވެސް ކެރިއަރ ގައިޑެންސްގެ އައިޑިއާއެއް، އޭގެ މައުލުމާތެއް ނެތި ބެލެނިވެރިންނަށް އެ ސަޕޯޓް ނުދެވުމުން ވަރަށް ގިނަ ކުދިންނަށް ދެވެނީ މަންޒިލެއް ނެތި އޮޔާ ދާ ބޯޓެއްގެ ގޮތަށް. އެހެން ދިއުން ހުއްޓުވުން އަޅުގަނޑުމެންގެ މަޤްޞަދަކީ" މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ، އެ ސްކޫލުގެ ކޮންމެ ކުއްޖަކާ ވެސް ކެރިއަރ ގައިޑެންސް ކައުންސެލިންގ ޕްރޮގްރާމުގެ ދަށުން ބައްދަލުކޮށް، އެކުއްޖަކު ކަނޑައަޅާ ދާއިރާއަކުން ނުވަތަ ދާއިރާތަކަކަށް ޓާގެޓްކޮށްގެން އެހީތެރިކަން ފޯރުކޮށްދީގެން އެ ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ ޑިގްރީ ހަދަން ދާ ކުއްޖަކަށް ހަދަން މަސައްކަތް ކުރާނެ ކަމަށެވެ.
މިފަދަ ގޮތަކަށް މަސައްކަތްކޮށްގެން ނޫނީވިއްޔާ ތައުލީމީ ގޮތުން އުފެއްދުންތެރި ސްކޫލަކަށް އަޅުގަނޑުމެން ނުވާނެ. އަޅުގަނޑުމެން އުފައްދައިދޭ އެއްޗަކީ އިންސާނީ ވަޞީލަތް. އެ އިންސާނީ ވަޞީލަތް އެންމެ ފުރިހަމަ ގޮތުގައި އުފެއްދޭނީ ހަމައެކަނި ފޮތުން ކިޔައިދީގެން ވެސް ނޫން. ކުދިންނަށް ދޭން ޖެހޭ ރަނގަޅު ގައިޑެންސް ދެވިގެން ރަނަގަޅަށް ވިސްނައިދެވިގެން. މިކަމުގެ ވަރަށް ބޮޑު ޒިންމާއެއް އެބައޮވޭ ހައި ސްކޫލްތަކަށް. އެހެންވެ ވީއައިއެޗްއެސްއިން މަސައްކަތް ފެއްޓީ" މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފުލްޓައިމް ދެ މުވައްޒަފުންނާ އެކީ ކެރިއަރ ގައިޑެންސް ދިނުމުގެ މަސައްކަތް ފަށާފައިވާއިރު، ކުދިންނަށް ވަކިން ވެސް ކެރިއަރގައިޑެންސް ނެގޭނެ ކަމަށެވެ. އަދި ކުދިންގެ ކިޔެވުމުގައި ދިމާވާ މައްސަލަތަކާ ގުޅިގެން ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި ކެރިއަރ ކޯޗިން ދިނުމާއި މިކަހަލަ ވަރަށް ގިނަ ކަންތައްތަކެއް ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މީގެ މަޤްޞަދަކަށް ވާނީ ސްކޫލް ނިމޭއިރަށް މަތީ ތައުލީމަށް ކިޔަވަން ދާން އެޕްލިކޭޝަން ފުރަން ރެޑީގައި ތިބޭ ކުދިންނަށް އެކުދިން ހެދުން" ސާނަވީ ސްކޫލްތަކެއްގައި ވެސް ޕްރިންސިޕަލް ކުރައްވާފައިވާ މުސްތަފާ ވިދާޅުވިއެވެ.
advertisment
ހިޔާލު