ޔުނިވަރސަލް ފައުންޑޭޝަނުން ޓޫރިޒަމާއި ސިއްޚީ ދާއިރާއިން ކިޔަވަން 37 ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.
ޔުނިވަރސަލް ފައުންޑޭޝަނުން ހުޅުވާލީ ސިއްޚީ ދާއިރާގެ ހަތެއް، ޓޫރިޒަމް ދާއިރާއިން 30 ފުރުސަތަށެވެ.
ރާއްޖެ އިން ބޭރުގައި ސިއްޚީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރުމަށް އެދޭ ދިވެހި ދަރިވަރުންނަށްދޭ ފުތުސަތުތަކަކީ ޔުނިވާސަލް ފައުންޑޭޝަނުން އަލްމަރުހޫމް ޑރ. އިބްރާހިމް އުމަރު މަނިކުގެ ހަނދާނުގައި، 2023 ވަނަ އަހަރު ތައާރަފްކުރި ސްކޮލާޝިޕް ސްކީމެކެވެ.
ޔުނިވަރސަލް ފައުންޑޭޝަނުން ކޯސްތަކަށް ހުޅުވާލީ މައިގަނޑު ފަސް ދާއިރާއެއްގެ ކޯސްތަކެވެ.
- މެޑިސިންގެ ދާއިރާއިން 3 ޕޯސްޓްގްރެޖުއޭޓް ސްކޮލަރޝިޕް
- ހެލްތު ފެސިލިޓީ މެނޭޖްމަންޓްގެ ދާއިރާއިން 2 މާސްޓަރސް ސްކޮލަރޝިޕް
- އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީގެ ދާއިރާއިން 2 ބެޗްލަރސް ސްކޮލަރޝިޕް
- ހޮސްޕިޓަލިޓީގެ ދާއިރާއިން ސެޓްފިކެޓް ތިނެއްގެ 20 ސްކޮލަރޝިޕް
- ކަލިނަރީ އާޓްސްގެ ދާއިރާއިން ސެޓްފިކެޓް ތިނެއްގެ 10 ސްކޮލަރޝިޕް
ޔުނިވަރސަލްއިން ކޮންމެ އަހަރަކު ވެސް ސްކޮލަރޝިޕް ފުރުޞަތުތަކެއް ދިވެހިންނަށް ފަހިކޮށްދޭއިރު، މި ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން ދަސްވެނިވާ ހުރިހާ ދަރިވަރުންވެސް ދަސްވެނިވުމަށްފަހު ޚިދުމަތް ކޮށްދޭން ޖެހެނީ ރާއްޖެއަށެވެ.
މެޑިކަލް ސްޕެޝަލައިޒޭޝަން ސްކޮލާޝިޕްގެ ދަށުން ޕޯސްޓްގްރެޖުއޭޓް މި ސްކޮލާޝިޕުގައި ކިޔަވަންދާ ދިވެހި ޑޮކްޓަރުންނަށް ހާއްސަ މެޑިކަލް ތަމްރީނު ހޯދުމުގެ ފުރުސަތު ވެސް ފަހިކޮށްދެއެވެ. މާސްޓަރސް ލެވެލްގެ ހެލްތު ކެއާ މެނޭޖްމަންޓް ސްކޮލާޝިޕަކީ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް ބޭނުންވާ މެނޭޖަރިއަލް އަދި ލީޑާޝިޕް ހުނަރުތަކަށް ބޭނުންވާ ޕްރޮފެޝަނަލުން ތަމްރީނުކުރުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލޭންޑް، ނޭޕާލް، ފިލިޕީންސް، ބަނގްލަދޭޝް، އިންޑިއާ އަދި ސްރީ ލަންކާގައި ކިޔަން މި ދާއިރާއިން ދެނީ ދެ ފުރުޞަތެވެ.
އޮކިޔުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ސްކޮލާޝިޕްގެ ދަށުން ކިޔަވަން ދެ ފުރުޞަތު ދޭން ނިންމާފައި ވަނީ މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލޭންޑް، ނޭޕާލް، ފިލިޕީންސް، ބަނގްލަދޭޝް، އިންޑިއާ އަދި ލަންކާގައިންނެވެ.
ޑިސްކަވާ ހޮސްޕިޓަލިޓަލިޓީ ޕްރޮގްރާމާއި ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސް ސްކޮލާޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަނީ ވިލާ ކޮލެޖްގައެވެ.
ވިލާ ކޮލެޖާއި ޔުނިވާސަލް ރިސޯޓްސްއާ ގުޅިގެން ޑިސްކަވާ ހޮސްޕިޓަލިޓަލިޓީ ޕްރޮގްރާމް ފުރިހަމަ ކުރާ ކުދިން އިންޓާންޝިޕް ފުރިހަމަކުރާނީ ޔުނިވާސަލް ރިސޯޓްތަލކުގައެވެ. މި ޕްރޮގްރާމުގެ ދަށުން 20 ފުރުޞަތަށް ހުޅުވާލާފައިވެއެވެ.
ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސް ސްކޮލާޝިޕުގެ ދަށުން ހުޅުވާލީ ދިހަ ޖާގައަށެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ކުދިން އިންޓާންޝިޕް ފުރިހަމަކުރާނީ ޔުނިވާސަލް ރިސޯޓްތަކުގައެވެ.
advertisment
ހިޔާލު