ހިލޭ ޑިގްރީ ޕްރޮގްރާމުގައި 8300 ދަރިވަރުން، ޚަރަދަށް 51 މިލިއަން

ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން މި އަހަރުގެ މިހާތަނަށް 8327 ދަރިވަރުން ކިޔަވަމުންދާއިރު، އެޕްރީލް މަހުގެ ނިޔަލަށް 51.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ހިލޭ ޑިގްރީ ޕްރޮގްރާމުގައި ކިޔަވަމުންދާ އަންހެން ދަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރެވެ. އެޕްރީލް މަހުގެ ނިޔަލަށް އަދާހަމަކުރި މައުލޫމާތު ތަކަށް ބަލާއިރު، ހިލޭ ޑިގްރީއަށް ކިޔަވަމުން ދަނީ 5258 އަންހެން ދަރިވަރުންނާއި 3069 ފިރިހެން ދަރިވަރުންނެވެ. މި އަދަދުތަކަށް ބަލާއިރު ފިރިހެން ދަރިވަރުންނާ އަޅާބަލާއިރު 2189 އަންހެން ދަރިވަރުން ގިނައެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔަވާ ދަރިވަރުން އިތުރުވަމުން އަންނައިރު، ސަރުކާރުގެ ލޯން އެހީގައި ރާއްޖެއިން ބޭރުގައި ވެސް ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *