"މެޑިކަލް ލެބޯޓަރީ ޕްރޮފެޝަނަލް ވީކް" ފާހަގަ ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސް އިން "ލައިވް ކަލްޗަރ" އާޓް ގެ ނަމުގައި އަގަރް އާރޓް ކޮމްޕެޓިޝަނެއް ބާއްވައިފިއެވެ.
ހަށިގަނޑުގެ އެކި ސާމްޕަލްތަކުގައި ޖަރާސީމު ނުވަތަ ބަލި ޖައްސާ ބެކްޓީރިއާ އެކުލެވޭތޯ ބެލުމަށްޓަކައި މެޑިކަލް ލެބޯޓްރީތަކުގައި ބެކްޓީރިއަރ ކަލްޗަރކުރެއެވެ. މިގޮތުން ކަލްޗަރކުރުމަށްޓަކައި ބޭނުންކުރަނީ އެކި ކަހަލަ ކަލްޗަރ މީޑިއަމް ނުވަތަ ކަލްޗަރ ޕްލޭޓްސްއެވެ. މި މީޑިއަމްތަކުގެ ބޭސް އިންގްރީޑިއަންޓް އެއްގެ ގޮތުގައި ބޭނުންކޮށްފައި ހުންނަނީ 'އަގަރު’އެވެ. އަދި މީގެ އިތުރުން ބެކްޓީރިއާ ގްރޯ ކުރުމަށް ނުވަތަ އާލާ ކުރުމަށް ބޭނުންވާނެ އިތުރު މާއްދާތައް އެކި މީޑިއަމްތަކުގައި އެކުލެވިގެންވެއެެވެ. އަދި މި މީޑިއަމްތަކުގައި އެކި ބެކްޓީރިއަރ ގްރޯ ވެފަ ހުންނަ އިރު އެކި ކުލަ އަރާފަހުރެއެވެ.

ސާމްޕަލްއަކުން ކަލްޗަރކުރާ އިރު ބޭނުންކުރާ ސްޓޭންޑަޑް "ސްރީކިނގް" ގޮތްތަކެއް ހުރެއެވެ. އެހެންނަމަވެސް، އަގަރް އާރޓް މުބާރާތުގައި 'ބެކްޓީރިއަލް ލައިވް ކަލްޗަރ' ބޭނުންކޮށްގެން، އާއްމުކޮށް ގަނޑާއި ކުލަ ފަންސޫރު ނުވަތަ ޑިޖިޓަލް ކުރެހުން ކުރަހާ އިރު ކުރަހާ ފަދަ ކުރެހުމެއް ކުރެހުމުގެ ފުރުސަތު ބައިވެރިނަށް ދެވުނެވެ. މި ފަދަ ކުރެހުމެއްގެ 'ކުލަ' ގެނައުމަށްޓަކައި، ބައިވެރިންގެ ވިސްނުން ކުރެހުމަށްޓަކައި ބޭނުންކުރެވޭ "ލައިވް ކަލްޗަރ ބެކްޓީރިއަރ"، ކަލްޗަރ ކުރާ މީޑިއަމްގައި 'ގްރޯ' ވީމަ އަރާނެ ކުލަތަކަށް ވިސްނުން ބަހައްޓަންޖެހެއެވެ.
މި އާޓް ކޮމްޕެޓިޝަނުގައި ބައިވެރިވީ އެ ފެކަލްޓީގައި ކިޔަވަމުންދާ ދަރިވަރުންނާއި ލެކްޗަރަރއިންނެވެ. މިއީ ރާއްޖޭގައި ބޭއްވި މި ފަދަ ފުރަތަމަ އާޓް ކޮމްޕެޓިޝަނެވެ.
"މެޑިކަލް ލެބޯޓަރީ ޕްރޮފެޝަނަލް ވީކް" ފާހަގަކުރުގެ ހަފްތާ ކުރިއަށް ގެންދިޔައީ އެޕްރީލް މަހުގެ 20ން 26އަށެވެ.

ހެލްތް ސައިންސަސްގެ މެޑިކަލް ސައިންސަސްގެ އެސޯސިއޭޓް ލެކްޗަރަރ ފާތިމަތު ޒިމްނާ ވިދާޅުވީ، އަގަރް އާރޓަކީ ރާއްޖޭގައި އަލަށް ބޭއްވި މުބާރާތެއް ނަމަވެސް ހެލްތް ސައިންސަސްގެ ދަރިވަރުންނާއި ލެކްޗަރާއިންގެ ބޮޑު ތަރުހީބު ލިބުނު ކަމަށެވެ.
މިއީ އާންމުކޮށް ކުރާ ކަމަކަށް ނުވެފައި، ލެބްޓްރީ ތަކުގައި ކަލްޗަރ ކުރަނީ ވަކިހަމަތަކާ އުޞޫލެއްގެ މަތިން. އެހެން ނަމަވެސް މި ފަދަ ކޮމްޕެޓިޝަނެއްގައި ތަފާތު ގޮތަކަށް ކަލްޗަރ ކުރުމުގެ ފުރުޞަތު ލިބި، ބައިވެރިންގެ ކްރިއޭޓިވިޓވް ޓެލެންޓް ދައްކާލުމުގެ ފުރުސަތު ލިބިގެން މިދިޔައީ. އެހެން ކުރެހުންތަކާއި ހިލާފަށް އާޓްގެ މަސައްކަތް ކުރަމުންދާއިރު ކުރެހެމުންދާ ތަސްވީރު ނުފެންނާނެ. އޭގެ އެއްދުވަސް ފަހުން އޭގެ ހަގީޤީ ތަސްވީރު މި ފެންނާނީ" ޒިމްނާ ވިދާޅުވިއެވެ. އެހެންކަމުން، މީގެ ތެރެއިން ބައިވެރިންގެ އާޓިސްޓިކް ހިޔާލުތައް ވަރަށް ތަފާތު ގޮތަކަށް ދައްކާލުމުގެ ފުރުސަތު ލިބިގެން ދިޔައެވެެ. .
"މެޑިކަލް ލެބޯޓަރީ ޕްރޮފެޝަނަލް ވީކް" ތަފާތު ހަރަކާތްތަކެއް އެ ހަފްތާގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ލޭ ހަދިޔާކުރުމަށް ބާރުއެޅުމުގެ ގޮތުން ލޭ ހަދިޔާ ކުރުމާއި ލެބް ޕްރޮފެޝަަނަލްސް ވީކް ފާނހަގަ ކުރުމުގެ ގޮތުނ ހިންގޭ ހަރަކާތްތަކުގައި ބޭނުންކުރާނެ ލޯގޯ ފަރުމާ ކުރުމުގެ މުބާރާތަކާއި ލެކްޗަރާއިންނާއި ދަރިވަރުން އެއްތަނަކަށް އެއްވެ ވާހަކަދައްކައި ޚިޔާލުތައް ބަދަލު ކުރުމުގެ ބައްދަލުވުމެއް ވެސް ކުރިއަށް ގެންދިޔައެވެ.
ހިޔާލު