ހުޅުމާލެ ފޭސް 2 ގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަނެހެން ކުއްޖަކު ގެއްލިގެން ހުށަހެޅުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު 08:30 އެހައިކަންހާއިރު ކަމަށެވެ.
ހިޔާޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުންނަށް ވަނީ ކަށަވަރު ކޮށްދީފައެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލް ގުޅިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 9310707 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.


advertisment
ހިޔާލު