ކޫލް ސްކޫލް ޕްރޮޖެކްޓްގެ ތެރެއިން ސްކޫލްތަކުގެ ކަރަންޓް ވިއުގަ އަޕްގުރޭޑް ކުރަނީ

ކޫލް ސްކޫލް ޕްރޮޖެކްޓްގެ ތެރެއިން ސްކޫލްތަކުގެ ކަރަންޓް ވިއުގަ އަޕްގުރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ރައްޔިޔުންގެ މަޖިލީހުގައި، ކެޔޮދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިއުޝާދު މިއަދު އެޑިޔުކޭޝަން މިނިސްޓަރާ ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ކަރަންޓްގެ މައްސަލަ ދިމާވެފައި ވަނީ އެންމެ ރަށެއްގެ ސްކޫލަކަށް ނޫން ކަމަށާއި އެ މައްސަލަ އެތަކެއް ސްކޫލަށް ދިމާވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލްތަކަށް 40 އަހަރު 20 އަހަރުވަމުން ދާއިރު، އެ ސްކޫލްތަކުގައި ހުރީ ވަރަށް މުސްކުޅި ކަރަންޓް ވިއުގަތަކެއް ކަމަށެވެ.

"ކޫލް ޕްރޮޖެކްޓްގެ ތެރެއިންނާއި އެ ޕްރޮޖެކްޓް ނުލައި ވެސް އޭސީ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު ފާހަގަކުރެވުނު އެއްކަމަކީ ވަރަށް ގިނަ ސްކޫލްތަކުގެ ކަރަންޓް ވިއުގަ އަޕްގުރޭޑް ކުރަންޖެހޭކަން"މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވިއެވެ.

" ކޫލް ސްކޫލް ޕްރޮޖެކްޓް ރޯލްއައުޓް ކުރަމުންދާ ވަރަކަށް، އޭސީ ލާއިރު އަޕްގުރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން" ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކަރަންޓް މައްސަލައަކާ ހުރެ ކިޔަވައިދޭން ދަތިވާ ފަދަ ގޮތަކަށް، ކިޔެވުމަށް ބުރޫއަރާފަދަ ގޮތަކަށް ސްކޫލެއްގައި ކަމެއް ހިނގާކަމަށް ވަނީނަމަ ޚާއްޞަ އިސްކަމެއް ދީގެން އެ ކަމެއް ހައްލު ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުގެ މަތިން މިނިސްޓަރު ފާހަގަކުރެއްވީ ތ. ވޭމަންޑޫ ސްކޫލެވެ. އެ އެސްކޫލަށް ދިމާވި ކަރަންޓް މައްސަލަ ހައްލު ފެނައަކާ ވާހަކަ ދައްކައިގެން ހައްލުކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ހިންގާ 2017 ސްކޫލުގައި ހުރި 3،740 ކްލާސް ރޫމުގައި މިހާތަނަށް އޭސީ ކޮށްފައި ވަނީ 401 ކްލާސްރޫމެވެ. ބާކީ ހުރި ކުލާސްރޫމްތަކަށް ބޭނުންވާ އޭސީ ވަރަށް އަވަހަށް ސްކޫލްތަކަށް ފޮނުއްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *