"ޗައިނީޒް ލޭންގުއޭޖް ބޭސިކް" ކޯހުގެ މުއްދަތު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން އިތުރުކޮށްފިއެވެ.
އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޗައިނީޒް ލޭންގުއޭޖް ބޭސިކް" ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރީ އަންނަ މެއި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯހަށް އެޕްލިކޭޝަން ބަލައި ގަންނަނީ އެޕްރީލް މަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ.
ކުލާސްތަކަށް ހާޒިރުވެގެން ކުރިއަށް ގެންދާ މި ކޯސް ފަށަނީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. ކިޔަވައި ދެނީ، އާދީތަ، އަންގަރާ އަދި ބުރާސްފަތި ދުވަހު 19:00 އިން 21:00 އަށެވެ.
15 އަހަރުން މަތީގެ އުމުރުފުރައިގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް މި ކޯހުގެ މުއްދަތަކީ 10 ހަފްތާއެވެ. ކޯހުގެ ޖާގައަކީ 30އެވެ. ކޯސް ފީއަކީ 2500 ރުފިޔާއެވެ.
މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ.
ކޯހަށް އެޕްލައި ކުރުމަށް މި ލިންކަށް ފިއްތާލައްވާ:


advertisment
ހިޔާލު