ދެމެހެއްޓެނިވި ތަރައްގީ އާބެހޭ ތަޖުރިބާ ދަތުރެއްގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގގެ ފެކަލްޓީ އޮފް އާޓްސްގެ ދަރިވަރުން އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކޮޗިން އަށް ފުރައިފިއެވެ.
ފެކަލްޓީ އޮފް އާޓްސްގައި، ދެމެހެއްޓެނިވި ތަރާއްޤީ ކިޔަވަމުންދާ މާސްޓަރ އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސާއި މާސްޓަރ އޮފް އާޓްސް އިން ސޯޝަލް ޕޮލިސީގެ ދަރިވަރުން ތަޖުރިބާގެ ދަތުރުގައި ފުރީ މިއަދުއެވެ.
ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ކެރެލާ ސްޓޭޓްގެ ކޮޗިން ސިޓީގައި ހިންގޭ ބޮޑެތި މަޝްރޫޢުތައް ހިންގޭ ތަންތަނަށް މި
ދަރިވަރުން ޒިޔާރަތްކޮށް ދިރާސާކޮށް މަޢުލޫމާތު އެއްކުރާނެއެވެ. މިއީ ކޮޗިން ޔުނިވަރސިޓީ އޮފް ސައިންސް
އެމްއެންޔޫއިން ބުނީ، އެންޑް ޓެކްނޮލޮޖީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އާދެމެދު ޢިލްމީ ދިރާސާ އާއި އެހެނިހެން ހަރަކާތްތައް ދެ ޔުނިވަރސިޓީ ގުޅިގެން ކުރިއެރުވުމަށް ހެދިފައިވާ ފަހުމުނާމާއެއްގެ ދަށުން އިންތިޒާމްކުރެވުނު ތަޖުރިބާގެ ދަތުރެއް ކަމަށެވެ.
އެމްއެންޔޫއިން ބުނިގޮތުގައި، މި ދަތުރުގައި ސައްތަ އިން ސައްތަ ދެމެހެއްޓެނިވި ސޯލަރ ހަކަތައިން ހިންގާ ކޮޗިން އިންޓަރނޭޝަނަލް އެއާޕޯރޓަށް ޒިޔާރަތް ކޮށް މަޢުލޫމާތު އެއްކުރުމާއި އަދި ދުނިޔޭގައި ފުރަތަމަ ފަހަރަށް ކަނޑުމަގުން ރަށްތައް ގުޅުވާލުމަށް ހިންގޭ ވޯޓަރމެޓްރޯ މަޝްރޫޢުވެސް ބަލާނެ ދަރިވަރުން ބަލާނެއެވެ. ހަތަރު ދުވަހަށް ކުރިއަށްދާ ތަޖުރިބާގެ މިދަތުރުގައި ތިމާވެށިރައްކާތެރި ކުރުމުގެ ގޮތުން ހިންގޭ މަޝްރޫޢުތައް ބަލައި ދިރާސާކުރާނެއެވެ. މީގެ އިތުރުން ކޮޗިން ސިޓީ އިން ހިންގާ ދެމެހެއްޓެނިވި ތަރައްގީ އާ ބެހޭ ގިނަ މަޝްރޫޢުތަކެއްގެ މަޢުލޫމާތު ހޯދުމަށް ކޮޗިން ސިޓީ ކައުންސިލަށް ޒިޔާރަތްކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި ކޮޗިން ސިޓީގެ މޭޔަރވެސް ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންނާ މުހާތަބުކޮށް ތަގުރީރުކުރަން ވެސް ވަނީ ހަމަޖައްސާފައެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުން ކޮޗިންއަށް ކުރާ ދަތުރުގެ ޕްރޮގްރާމް ވަރަށް ފުރިހަމައަށް ރާވާދެއްވަވާފައިވަނީ
ކޮޗިން ޔުނިވަރސިޓީއިންނެވެ. ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް މަރުޙަބާކިއުމުގެ ޚާއްސަ ހަފްލާއެއް ކޮޗިން
ޔުނިވަރސިޓީގައި ބާއްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މިހަފްލާގައި ދިވެހިރާއްޖޭގެ ޘަޤާފަތާއި، އާދަކާދައާއި ތަރިކަ
އާއިބެހޭގޮތުން ދަރިވަރުން ޕްރެޒެންޓޭޝަންތަކެއް ހުށަހެޅާނެއެވެ. މީގެ ތެރޭގައި ޘަޤާފީ މިއުޒިކްގެ ހަރަކާތަކާއި ދިވެހި އަދަބިއްޔާތުގައި ހިމެނޭ ރައިވަރު ކިއުމާއި ބަނދިހުށަހަޅާދިނުން ވެސް އޮންނާނެއެވެ.


advertisment
ހިޔާލު