އެމްއެންޔޫއެސްޔޫގައި ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ގޮފި އުފައްދަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންގައި ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ކޮލެޖަށް ނިސްބަތްވާ ގޮއްޕެއް ހަދަން ނިންމައި، އެ ގޮފީގެ މަޤާމްތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އެމްއެންޔޫގައި ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ނަމުގައި ކޮލެޖެއް އުފެއްދީ މިދިޔަ އަހަރުއެވެ. އެ ގޮފި އުފައްދަނީ އެ ކޮލެޖުގެ އެދުމުގެ މަތިންނެއެވެ.

އެމްއެންޔޫއެސްޔޫއިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ގޮފީގެ މަޤާމްތަކަށް ކުރިމަތި ލުމުގެ މުއްދަތަކީ އަންނަ މެއި މަހުގެ ހަތް ވަނަ ދުވަހެވެ. ކުރިމަތިލާން ހުޅުވާލީ، ރައީސް އާއި ނައިބު ރައީސް (ޢިލްމީ) އާއި ނައިބު ރައީސް (އިތުރު ޙަރަކާތް) އާއި ސެކެރެޓަރީއާއި ޚަޒާންދާރުގެ އިތުރުން މީޑިއާ ކޯޓިނޭޓަރުގެ މަޤާމަށެވެ.

މި މަޤާމް ތަކަށް ކުރިމަތިލުމުގެ ޝަރުޠަކީ އެމްއެންޔޫއެސްޔޫގެ މެމްބަރަކަށް ވުމާއި ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ކޮލެޖުގެ ކޯހަކަށް ރަޖިސްޓްރީވެފައިވާ ދަރިވަރަކަށް ވުމާއި ހިންގާ ކޮމިޓީގެ މުއްދަތުގައި ގުރެޖުއޭޓްވާ މެމްބަރެއް ކަމުގައި ނުވުމެވެ.

އެމްއެންޔޫއެސްޔޫއަކީ އެމްއެންޔޫގެ ހުރިހާ ފެކަލްޓީތައް ޝާމިލުވާ ގޮތަށް އަދި ރާއްޖޭގައި އެންމެ ހަރަކާތްތެރިކޮށް ހިންގަމުން އަންނަ ކިޔަވާކުދިންގެ ޖަމިއްޔާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *