ވިލާ ކޮލެޖުން ދިވެހިރާއްޖ ގެ ތަޢުލީމީ ދާއިރާއިން ލިބެން ހުރި ފުރުސަތުތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މިވަނީ އިތުރު އައު ޕްރޮގްރާމްތަކެއް ތަޢާރަފްކޮށްފައެވެ. މި ޕްރޮގްރާމްތަކަކީ ދިވެހިރާއްޖޭގެ އިގްތިސާދާއި ވަޒީ ފާގެ ބާޒާރަށް ބޭނުންވާ ހުނަރުތަކާއި ޚާއްސަ ދާއިރާތަކަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ޕްރޮގްރާމްތަކެކެވެ. މިއަދު ތަޢާރަފް ކުރެވުނު ޕްރޮގްރާމްތަކުގެ ތެރޭގައި މާސްޓަރސް ލެވެލްގެ ޕްރޮގްރާމަކާއި ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (SAILS (ޕްރޮޖެކްޓްގެ ދަށުން ގިނަ އަދަދެއްގެ ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއް އަދި ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމްގެ ދަށުން ހޮސްޕިޓަލިޓީ ދާއިރާއާއި ގުޅުންހުރި ދެ ކޯހެއް ހިމެނެއެވެ.
މާސްޓަރ އޮފް ސައިންސް އިން އޭވިއޭޝަން މެނޭ ޖްމަންޓް
މާސްޓަރ އޮފް ސައިންސް އިން އޭވިއޭޝަން މެނޭޖްމަންޓް ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އޭވިއޭޝަން ބާޒާރުގައި ލީޑަރޝިޕް މަޤާމުތަކަށް އަމާޒުކޮށްގެން އޭވިއޭޝަން ދާއިރާގެ ފަންނީ ފަރާތްތަކަށް އެންމެ ބޭނުންވާ ހުނަރުތައް ހޯދައިދިނުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުން ދަރިވަރުންނަށް އޭވިއޭޝަންގެ ފުޅާ ދާއިރާއެއްގެ މައުލޫމާތު ތަކާއި އިންޑަސްޓްރީގެ ޤަވާޢިދުތައް އަދި މެނޭޖްމަންޓްގެ އުސޫލުތައް ދިވެހިރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ޚާއްސަ ހާލަތުތަކަށް އިސްކަން ދީގެން ދަސްކޮށްދެއެވެ. މި ކޯހުގައި އެއާޕޯޓް އަދި އެއާލައިން މެނޭޖްމަންޓް އޭވިއޭޝަންގެ ސަލާމަތީ ކަންތައްތަކާއި ދެމެހެއްޓެނިވި އުސޫލުތައް ފަދަ މުހިންމު މައުލޫމާތު ހިމެނެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދުތަކަކީ އޭވިއޭޝަން އޮޕަރޭޝަންސް މެނޭޖްމަންޓް އަދި ޤަވާޢިދުތައް ދިވެހިރާއްޖެއަށް ޚާއްސަކޮށް ފުޅާ ދާއިރާއެއްގައި ދަސްކޮށްދީ، ދިވެހިރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ލީޑަރޝިޕް އަދި މެނޭޖްމަންޓް މަޤާމުތަކަށް ދަރިވަރުން ތައްޔާރުކުރުމެވެ. އޭވިއޭޝަން ދާއިރާގެ މަސަތްކަތުގެ މާޙައުލުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ ކްރިޓިކަލް ތިންކިންގ އަދި ޕްރޮބްލަމް ސޮލްވިންގ ހުނަރު ތަރައްޤީކޮށް ދިވެހިރާއްޖެއާ ގުޅުންހުރި ދެމެހެއްޓެނިވި އޭވިއޭޝަން އުސޫލުތަކުގެ ވަރުގަދަ ބިންގަލެއް އެޅުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު ލަނޑުދަނޑިއެކެވެ. މި ޕްރޮގްރާމުން ދާއިރާގެ ތަޖުރިބާކާރުންގެ ލެކްޗަރތައް ކޭސް ސްޓަޑީޒް އަދި ކެޕްސްޓޯން ޕްރޮޖެކްޓެއް މެދުވެރި ކޮށް ދަރިވަރުންނަށް މި ދާއިރާގައި މަސަތްކަތް ކުރާއިރު ދިމާވެދާނެ ކަންކަމާއި ކުރިމަތިލުމަށް ބޭނުންވާނެ މައުލޫމާތާއި ހުނަރު ލިބިގެންދާނެއެވެ. މި ކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް މަންޓާ އެއަރ، މޯލްޑިވިއަން އަދި ރީޖިނަލް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް ފަދަ ދިވެހި ކުންފުނިތަކުގައި ލީޑަރޝިޕް އަދި މެނޭޖްމަންޓް މަޤާމުތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ. މި ޕްރޮގްރާމްގެ ހުރިހާ މޮޑިއުލްތަކަކީވެސް އޭވިއޭޝަން ސެކްޓަރަށް ޚާއްސަ މޮޑިއުލްތަކެއް ކަމަށާއި ސްޓްރެޓީޖިކް މެނޭޖްމަންޓް ސިމިއުލޭ ޝަންތައް މެދުވެރިކޮށް ކިޔަވައިދެވޭނެ ކަމަށްވެސް ވިލާ ކޮލެޖުން ބުނެއެވެ. ޕްރޮގްރާމްގެ އެއްބަޔަކީ އެޕްލައިޑް ރިސަރޗް ޕްރޮޖެކްޓް އިން އޭވިއޭޝަން މެނޭޖްމަންޓްގެ ކެޕްސްޓޯން ޕްރޮޖެކްޓެކެވެ .
ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (SAILS (ޕްރޮޖެކްޓްގެ ދަށުން ތަޢާރަފްކުރެވުނު ކޯސްތައް
ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (SAILS (ޕްރޮޖެކްޓްގެ ދަށުން ވަނީ ރާއްޖޭގެ ތަފާތު ސަރަޙައްދުތަކަށް އަމާޒުކޮށްގެން ހިލޭ ބައިވެރިވެވޭ (ފުލީ ސްޕޮންސަރޑް) ތަފާތު ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއް ތަޢާރަފްކޮށްފައެވެ. މި ކޯސްތައް ހިންގަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކ ޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއާ ގުޅިގެން ވޯލްޑް ބޭންކުން ފައިނޭންސްކުރާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް ޕްރޮޖެކްޓްގެ ދަށުންނެވެ. މި ކޯސްތަކުގެ ތެރޭގައި އެކުއެޓިކް ރިކްރިއޭޝަން ގެސްޓް ހައުސް އޮޕަރ ޝަންސް އަދި ސްނޯކްލިންގ ދާއިރާއިން ސެޓްފިކެޓް 3 ލެވެލްގެ ކޯސްތައް ހިމެނެއެވެ. މި ކޯސްތައް ހިންގަނީ ކ. މާފުއްޓާއި އއ އުކުޅަހާއި ބ. ދަރަވަންދޫ އާއި ވ. ފުލިދޫ އާއި އއ. ތޮއްޑޫ އާއި ކ. ތުލުސްދޫގެ އިތުރުން އދ. ދިގުރަށުގައެވެ. މި ކޯސް ކުރިއަށް ގެންދަނީ 17 ހަފްތާގެ މުއްދަތަށެވެ.
- ސެޓްފިކެޓް 3 އިން އެކުއެޓިކް ރިކްރިއ ޝަން : އެކުއެޓިކް ރިކްރިއ ޝަން ދާއިރާގައި މަސައްކަތްކުރުމަށް ބ ނުންވާ އަސާސީ ހުނަރުތަކާއި މައުލޫމާތު ދިނުމަށް ފަރުމާކުރެވިފައިވާ މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ކ. މާފުށި އަދި އ.އ. އުކުޅަހުގައި
- ނެޝަނަލް ސެޓްފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރ ޝަންސް: ގެސްޓް ހައުސް އޮޕަރ ޝަންސް ދާއިރާގެ މަސައްކަތްތަކަށް ބޭނުންވާ ހުނަރުތަކާއި މައުލޫމާތު ދިނުމަށް ފަރުމާކުރެވިފައިވާ މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ބ. ދަރަވަންދޫ ވ. ފުލިދޫ އަދި އއ. ތޮއްޑޫގައެވެ.
- ނެޝަނަލް ސެޓްފިކެޓް 3 އިން ސްނޯކްލިންގ : ސްނޯކްލިންގ ގައިޑުންގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ ހުނަރުތަކާއި ސަލާމަތީ މައުލޫމާތު ދިނުމަށް ފަރުމާކުރެވިފައިވާ މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ކ. ތުލުސްދޫ އަދި އދ. ދިގުރަށުގައި
މީގެ އިތުރުން، މެރިން އިންޖީނުތަކާއި ގުޅުންހުރި މެކޭނިކަލް މަސައްކަތްތަކަށް ބޭނުންވާ އަސާސީ ހުނަރުތަކާއި މައުލޫމާތު ދިނުމަށް ފަރުމާކުރެވިފައިވާ ނެޝަނަލް ސެޓްފިކެޓް 3 އިން މެރިން މެކޭނިކްސް ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޗައިނާ ބަހުން މުއާމަލާތްކުރުމަށް ބޭނުންވާ އަސާސީ ހުނަރުތައް އުނގަންނައި ދިނުމަށް ފަރުމާކުރެވިފައިވާ 2 މަސް ދުވަހަށް ކުރިއަށް ގެންދާ ބޭސިކް ޗައިނީޒް ލެންގްއ ޖް ކޯސްވެސް ހިންގުމަށް ހަމަޖެހިފައިވަނީ މާލ ސިޓީގައެވެ. މި ކޯސްތައް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް ބޭސިކް ޗައިނީޒް ލެންގްއޭޖް ކޯސް އަދި އެކުއެޓިކް ރިކްރިއޭޝަން ކޯސް ފިޔަވައި އެހެން ކޯސްތަކުން ލިބިވަޑައިގަންނަވާނީ ނެޝަނަލް ސެޓްފިކެޓް 3 އެވެ. މި ދެ ކޯހުން ލިބިވަޑައިގަންނަވާނީ ވިލާ ކޮލެޖް ސެޓްފިކެޓެކެވެ. މި ހުރިހާ ކޯސްތަކަކީ ވެސް ދިވެހިރާއްޖޭގައި ލިބެންހުރި ވަޒީފާތަކަށް ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކޮށްދޭނެ ކޯސްތަކެކެވެ.
ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމް )ޔުނިވާސަލް ފައުންޑ ޝަން( ގެ ދަށުން ތަޢާރަފްކުރެވުނު ކޯސްތައް ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމްގެ ދަށުން ޔުނިވާސަލް ފައުންޑ ޝަންއާ ގުޅިގެން ހޮސްޕިޓަލިޓީ ދާއިރާއަށް ބޭނުންވާ ހުނަރުތައް އުނގަންނައިދިނުމަށް ހިލޭ ބައިވެރިވެވޭނެ (ފުލީ ސްޕޮންސަރޑް) ސެޓްފިކެޓް ލެވެލްގެ ދެ ކޯހެއްވެސް ތަޢާރަފްކުރެވިފައިވެއެވެ. މި ކޯސްތަކަކީ ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ އަސާސީ ހުނަރުތަކާއި މައުލޫމާތު ދިނުމަށް ފަރުމާކުރެވިފައިވާ ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ އަދި ކަލިނަރީ ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ އަސާސީ ހުނަރުތަކާއި މައުލޫމާތު ދިނުމަށް ފަރުމާކުރެވިފައިވާ ސެޓްފި ކެޓް 3 އިން ކަލިނަރީ އާޓްސްއެވެ. މި ދެ ކޯސްވެސް ހިންގުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީގައެވެ.
ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމުގެ ދަށުން ހިންގާ ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ ކޯސް
ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމުގެ ދަށުން ޔުނިވާސަލް ފައުންޑ ޝަންއާ ގުޅިގެން ހިންގާ ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ ކޯހަކީ 4 މަސް ދުވަހުގެ ކޯހެކެވެ. މި ކޯހުގައި ވިލާ ކޮލެޖުގައި ކުރިއަށްދާ 2 ހަފްތާގެ ތިއަރީ ކްލާސްތަކުގެ އިތުރުނެ ޔުނިވާސަލް ރިސޯޓްތަކުގެ ތެރެއިން ރިސޯޓެއްގައި 3 މަސް ދުވަހާއި ބައިގެ މުއްދަތަށް އޮޕަރ ޝަނަލް ޑިޕާޓްމަންޓްތަކުގައި (މިސާލަކަށް ހައުސްކީޕިންގ، ފުޑް އެންޑް ބެވަރޭޖް އަދި ފްރަންޓް އޮފީސް ) ޢަމަލީ ތަމްރީން ( 90% އިންޓަރންޝިޕް) ހިމެނެއެވެ. މި ކޯހަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ދިވެހި ޒުވާނުންނަށެވެ. މި ޕްރޮގްރާމަކީ ފުލީ ސްޕޮންސަރޑް ޕްރޮގްރާމެކެވެ. ހޮވޭ ހުރިހާ ދަރިވަރުންނަށް ކޯސް ފީ އަދި ތަމްރީނުގެ މުއްދަތުގައި މަހަކު 3,000 ރުފިޔާގެ ސްޓައިޕަންޑެއް ހިމެނޭ ފުލް ސްޕޮންސަރޝިޕެއް ލިބިގެންދާނެއެވެ. ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ އެޕްލިކޭޝަން ހުށަހެޅުމަށްފަހު އިންޓަރވިއު އަދި ސްކްރީނިންގ މަރުހަލާއަކުންނެވެ. މި ކޯހަށް ވަނުމުގައި ބަލާނީ ޕްރޮފެޝަނަލިޒަމާއި ޤާބިލުކަމުގެ އިތުރުން ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރުމަށް ހުރި ޝައުގުވެރިކަމަށެވެ. މި ކޯހުން ދަރިވަރުންނަށް ހައުސްކީޕިންގ އޮޕަރޝަންސެ ފުޑް އެންޑް ބެވަރ ޖް ސަރވިސް ފްރަންޓް އޮފީސް މެނޭޖްމަންޓް ކަސްޓަމަރ ސަރވިސް ރިސޯޓް އެޓިކެޓް މުޢާމަލާތްކުރުން އަދި ޓީމްވޯކް ފަދަ ހޮސްޕިޓަލިޓީ ދާއިރާއަށް ބޭނުންވާ މުހިންމު ހުނަރުތަކާއި މައުލޫމާތު ލިބިގެންދާނެއެވެ. މި ކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް އެމްކިއުއޭ އެކްރެޑިޓް ކުރެވިފައިވާ ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ ލިބޭނެއެވެ.
ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމުގެ ދަށުން ހިންގާ ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސް
ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑ ޝަން ގުޅިގެން ހިންގާ މި 24 ހަފްތާގެ ޕްރޮގްރާމަކީ ކަލިނަރީ ދާއިރާއަށް ޒުވާނުން ތަމްރީން ކުރުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. ވިލާ ކޮލެޖުގައި 15 ހަފްތާއަށް ކުރިއަށްގެންދާ ކްލާސްތަކުގެ އިތުރުން ޔުނިވާސަލް ފައުންޑޭ ޝަންގެ ރިސޯޓުތަކުގެ ތެރެއިން ރިސޯޓެއްގައި 2 މަސް ދުވަހުގެ އިންޓަރންޝިޕެއް މި ޕްރޮގްރާމުގައި ހިމެނެއެވެ. ޔުނިވާސަލް ފައުންޑޭޝަނުން 10 ދަރިވަރުންނަށް މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހިލޭ ( ފުލީ ސްޕޮންސަރޑް ) ފުރުސަތު ލިބިގެންދާނެއެވެ. ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ އެޕްލިކ ޝަން ހުށަހެޅުމަށްފަހު އިންޓަރވިއު ކުރުމަށްފަހުގައެވެ. މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް އެމްކިޔުއޭ އެކްރެޑިޓް ކުރެވިފައިވާ ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސް ލިބޭނެއެވެ. އަދި މި ދާއިރާއިން އިތުރަށް ކިޔެވުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
ޕްރޮގްރާމްތަކަށް އެދި ހުށަހެޅުން މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވިލާ ކޮލެޖުގެ ކުރިއަށް ހުރި އިންޓ ކްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ޕްރޮގްރާމްތަކާއި ގުޅޭއިތުރު ތަފްސީލްތަކާއި އެޕްލިކޭޝަން ހުށަހެޅުމާބެހޭ މައުލޫމާތު ވިލާ ކޮލެޖުގެ ވެބްސައިޓް https://www.villacollege.edu.my އިން ލިބިވަޑައިގަންނަވާނެއެވެ. އަދި ސަސްޓެއިނަބަލް އެންޑް އިންޓެގްރ ޓެޑް ލ ބަރ ސަރވިސަސް (SAILS (ޕްރޮޖެކްޓްގެ ދަށުން ތަޢާރަފްކު ރެވުނު ކޯސްތަކުގައި ބައިވެރިވާން އެދ ފަރާތްތަކަށް ޖޮބް ސެންޓަރ ޕޯރޓަލް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.
advertisment
ހިޔާލު