ހަތް އަހަރު ފުރިފައިވާ ފަރާތްތަކަށް ބައިވެރިވެވޭ ޙިފުޡު ކުލާސްތަކަށް މި ފަހަރު ހުޅުވާލީ 190 ޖާގައަށް
މާލެ އާއި ހުޅުމާލޭގައި ހިންގާ ޙިފުޡު ކުލާސްތަކަށް ވަނުމުގެ ފުރުޞަތު ޤުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލައިފިއެވެ.
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ކުރި އިއުލާނުގައި ބުނެފައި ވަނީ، މާލޭގައި ހުންނަ އެ މަރުކަޒުންނާއި ހުޅުމާލޭގެ ދެ ފިޔަވަހީގައި ހުންނަ އެ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ތަކުން ވެސް ހިފްޒްކުލާސްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އެ މަރުކަޒުން ބުނީ، ހިފްޡް ކުލާސްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު، 30 އޭޕްރީލް ގެ 12:30 ގެ ކުރިން ފުރިހަމަކޮށް ހުށައެޅުމަށެވެ. ކުލާސްތަކަށް ދަރިވަރުން ނަގާނީ ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއުއިން ލިބޭ މާކްސްއަށް ބެލުމަށްފަހު ކަމަށާއި އިންޓަރވިއު ކުރިއަށް ގެންދާނީ މެއި 4ން 8 މެއި އާ ދެމެދުއެވެ.
ޙިފުޡު ކުލާސްތައްކުގެ ޖާގަތައް ކަނޑައަޅާފައިވާ ގޮތް ވެސް އެ މަރުކަޒުގެ އިއުލާނުގައި ކަނޑައަޅާފައިވެއެވެ. މާލޭގައި ހުންނަ އެ މަރުން ހެނދުނާއި ހަވީރު ކުރިއަށް ގެންދާ ކުލާސްތަކުން 100 ދަރިވަރުންނަށް ފުރުޞަތު ދޭނެއެވެ. އެއީ ކޮންމެ ދަންފަޅިއަކަށް 50 ކުދިންގެ މަގުންނެވެ. ހުޅުމާލެ ފޭސް 1 ގައި ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ އައުޓްރީޗް ސެންޓަރުން ތިން ގަޑިއެއްގައި ޙިފްޠު ކުލާސްތައް ގެންދާނެއެވެ. އެއީ ހެނދުނު ދަންފަޅިން ޖާގަ ދޭ 30 ފަރާތަކާއި މެނދުރާއި ހަވީރު ޖާގަދޭ 20 ފަރާތެކެވެ. ފޭސް 2ގައި ކުލާސްތައް ކުރިއަށް ގެންދަނީ ހެނދުނާއި މެންދުރުފަހު ކޮންމެ ދަންފަޅިއެއްގައި 20 ކުދިންނަށް ފުރުޞަތު ދޭ ގޮތަށެވެ.
advertisment
ހިޔާލު