އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕީޗް ތެރަޕީ ހިމެނޭހެން އެލައިޑް ހެލްތް ދާއިރާއިން 1500 ދިވެހިން ތަމްރީނު ކުރުމުގެ ޤައުމީ މަޝްރޫއެއް ފެށުމަށް ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާ އެކުލަވާލީ، އެލައިޑް ހެލްތް ޕްރޮފެޝަނަލް ދާއިރާތަކުން، ދިވެހިން ތަމްރީނުކުރުމަށް ޓަކައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލެބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ހެލްތާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދުއެވެ.
ފަހުމުނާގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢަލީ ޙައިދާ އަޙްމަދްއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުالله ނާޒިމް އިބްރާހީމްއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް
އާދަމްއެވެ.
މިއަދު މި ސޮއިކުރި ފަހުމުނާއަކީ އެލައިޑް ހެލްތް ދާއިރާއަށް އެއްހާސް ފަސްސަތޭކަ އަށް ވުރެ ގިނަ ދިވެހިން ތަމްރީނުކުރުމަށް
ސޮއިކުރެވުނު ފަހުމުނާއެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތުގެ ނިޒާމަށް
ބޭނުންވާ ފަންނީ މީހުން ތަމްރީނު ކުރުމެވެ.
މި ޕްރޮގްރާމުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޒިންމާތަކުގެ ތެރޭގައި އެލައިޑް ހެލްތް ޕްރޮފެޝަނަރގެ ދާއިރާގެ ކޯސްތަކަށް ތަމްރީން ޕްރޮގްރާމުތައް އެކުލަވާލައި ރާވައި ހިންގުން ތަމްރީން ޕްރޮގްރާމުތައް ހިންގުމަށް ބޭނުންވާ ލެކްޗަރަރއިންނާއި ވަސީލަތްތައް އަދި ޢަމަލީ ތަމްރީންކަން ލިބޭނެ އިންތިޒާމުތައް ހަމަޖައްސާދެއްވުން ހިމެނެއެވެ. ކޯސްތަކަށް ކުރިމަތިލައި ދަރިވަރުން ސްކްރީން ކުރުމާއި ހޯމްގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ކޯސްތައް ހިންގަމުންދާ ގޮތަށް ބައިވެރިވާ ފަރާތްތަކުގެ ތަފްސީލު އެނގޭނެ ތަފާސްހިސާބުތައް ބަލަހައްޓާ މަދުވެގެން ކޮންމެ ތިންމަހުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އަދި މިނިސްޓްރީ އޮފް ހެލްތަށް މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެއިތުރުން އެ ދާއިރާއާއި ގުޅުންހުރި ދާއިރާތަކުގައި މީހުން ތަމްރީނުކުރުމަށް ބޭނުންވެފައިވާ އާ ދާއިރާތައް ދަނެގަނެ އެ ދާއިރާތަކަށް ކޯސްތައް ފަރުމާކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ވެސް ޤައުމީ ޔުނިވަރސިޓީގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނިގެންދާ ކަމަކެވެ.
އެލައިޑް ހެލްތް ދާއިރާއަށް އަމާޒުކޮށް އެމްއެންޔޫއިން އާ ކޯސްތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ހިމެނެނީ އޮކިއުޕޭޝަނަލް ތެރަޕީއާއި ޕެރަރ މެޑިސިންގ އާއި ސްޕީޗް ތެރަޕީ އާއި ރޭޑިއޯގްރެފިކް ފަދަ ދާއިރާތަކުގެ ކޯސްތަކެވެ.
މި ޕްރޮގްރާމުގެ ދަށުން ތަމްރީނުކުރެވޭ ފަނަރުސަތޭކަ އެލައިޑް ހެލްތް ޕްރޮފިޝަރުންނަކީ ރާއްޖޭގެ ކޮންމެ ތަންކޮޅެއްގައި ވެސް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ޤާބިލު އަދި ފަންނުވެރި ބަޔަކަށް ވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ވިދާޅުވީ، މިހާރުން މިހާރަށް ވެސް 1700 އެއްހާ ސިއްޚީ ޚިދުމަތްތެރިން ބޭނުންވާ ކަމަށާއި އެ މަސައްކަތުގައި ގިނައިން ތިބީ ބިދޭސީން ކަމަށެވެ.


advertisment
ހިޔާލު