އެމްއެންޔޫގެ ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރަކަށް ދެވަނަ ދައުރަކަށް ޑރ. ޝިޔާމާ

އެމްއެންޔޫގެ ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރުގެ މަގާމަށް މިހާރުވެސް އެ މަޤާމުގައި ހުންނެވި ޑރ އާމިނަތު ޝިޔާމާ އައްޔަން ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރ ގެ މަގާމަށް ހޮވިވަޑައިގެން ފައިވާ ޑޮކްޓަރ އާމިނަތު ޝިޔާމާ ވަނީ، 2005 ގައި ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަނާ ގުޅިވަޑައިގެން އެ ފެކަލްޓީގައި އެސިސްޓެންޓް ޕްރޮފެސަރުކަމާއި ސީނިއަރ ލެކްޗަރުކަމާއި ލެކްޗަރެއްގެ އިތުރުން އެސިސްޓެންޓް ލެކްޗަރ ކަމުގެ މަގާމަށް އަދާކުރައްވާފައެވެ. މީގެ އިތުރުން ޔުނިވަރސިޓީގެ އެކެޑަމިކް ސެނެޓުގައި ބައިވެރިވެވަޑައިގެން ފެކަލްޓީ ތަމްސީލުކުރުމުގެ ގޮތުން އެތަކެއް މަސައްކަތްތަކެއް ކޮއްދެއްވާފައެވެ. އަދި 2021ން ފެށިގެން މިއަދާ ހަމައަށް ހުންނެވީ ޔުނިވަރސިޓީގެ ކޮލެ ޓީ އެޝިއުރެންސް ކޮންޓްރޯލަރުގެ މަޤާމުގައެވެ.

ޑރ. ޝިޔާމާ، ޔުނިވަރސިޓީ އޮފް ވެސްޓަން އޮސްޓްރޭލިއާއިން ސައިންސާއި އެޑިޔުކޭޝަންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ނިންމައި، މާސްޓަރސް ހެއްދެވީ ސައިންސް އެންޑް އެޑިޔުކޭޝަންގެ ދާއިރާއިން އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެންސަސްއިންނެވެ. ޕީއެޗްޑީ ހާޞިލް ކުރެއްވީ އެޑިޔުކޭޝަންގެ ދާއިރާއިން އިންގްލެންޑްގެ ބްރިސްޓަލްއިންނެވެ.

ޝިޔާމާއަށް މަޤާމުގެ ލިޔުން ހަވާލުކޮށް ދެއްވައި، އެމްއެންޔޫގެ ވައިސް ޗާންސެލަރު، ޑރ. އާއިޝާތު ޝެހެނާޒު އާދަމް މިއަދު ވިދާޅުވީ، އެ ޔުނިވަރސިޓީގެ ކޮލިޓީ ރަނގަޅު ކުރުމަށްޓަކައި ކޮލިޓީ އެސުއަރެންސް ޕޮލިސީއާއި ފްރޭމްވާކެއް ޤާއިމް ކުރުމުގައި މުހިންމު ދައުރެއް ޝިޔާމާ އަދާކުރައްވާފައިވާ ކަމަށެއެވެ. ޔޫކޭގެ ކޮލިޓީ އެސުއަރެންސްގެ އައިކިޔުއާރު އެކްރެޑިޓޭޝަނާއި ސްވިޒަލެންޑް އީއެޗްއެލްގައި އެމްއެންޔޫ އެކްރިޓް ކުރުމުގައި ވެސް މުހިންމު ދައުރެއް ޝިޔާމާ އަދާކުރައްވާފައިވާ ކަމަށެވެ.

އާ ދައުރުގައި ވެސް، އިންޓަރނަލް ކޮލިޓީ އެޝުއަރކޮށް އެކްސްޓަރނަލް ރިވިއު ވަރުގަދަ ކުރުމާއެކު ގިނަ ކޯސްތަކެއް ބައިނަލްއަޤްވާމީ އެޖެންސީތަކުގައި އެކްރެޑިޓްކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ޑރ. ޝެހެނާޒު ވަނީ ޝިޔާމާގެ އަރިހުން އެދިވަޑައިގެންފައެވެ.

މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ޑރ. ޝިޔާމާ ވިދާޅުވީ، ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރުގެ މަޤާމަކީ ހަމައެކަނި ވަޒީފާއެއް ނޫން ކަމަށާއި އެއީ ޔުނިވަރސިޓީއާއި މުޅި ރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު ދެމެހެއްޓުމާއި ފެންވަރު އުފުލުމަށް ކުރެވޭ އަގުހުރި ޚިދުމަތެއް ކަމަށެވެ.

ޝިޔާމާ ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޔުނިވަރސިޓީގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އަމާޒުކޮށް ހަރުދަނާ މަސަކަތްތަކެއްކޮށް ކުރެވި އިންގިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

" އެމްއެންޔޫގައި މި ވަނީ ކޮލިޓީ ސަޤާފަތެއްގެ ބިންގާއެޅިފައި. ސިޔާސަތުތަކާއި ކޮލިޓީތަކާއި އޮނިގަނޑުތަކުން ފެށިގެން ކޯސްތަކުގެ މަންހަޖު އުގަންނައިދިނުމާއި ދަރިވަރުންނަށް ދެވޭ ޚިދުމަތްތައް އޭގެތެރޭގައި ހިމެނޭ. ޔުނިވަރސިޓީގެ އިދާރީ ހިންގުން ކަށަވަރު ކުރުމަށް މިހާރު މި ވަނީ ބައިނަލްއަޤްވާމީ ފެންވަރުގެ މިންގަނޑުތަކެއް ކަނޑައެޅިފައި" ޝިޔާމާ ވިދާޅުވިއެވެ.

ޑރ. ޝިޔާމާ ވިދާޅުވީ، އާ ދައުރަށް މަސައްކަތް ކުރައްވަން ފައްޓަވަނީ އުއްމީދީ އާ ރޯޑްމެޕަކާ އެކު ކަމަށާއި ބޭނުންވަނީ ކިއުއޭސީއަކީ ޑޭޓާއަށް ބިނާކޮށް މަސައްކަތްކުރާ ތަނަކަށް ހެއްދެވުމަށް ކަމަށެވެ. ޔުނިވާސިޓީގެ ޤާބިލުކަން އިތުރަށް ތަރައްޤީކުރުމާއި، ލިޔެކިޔުންތަކާއި ރިޕޯޓިންގ އަދި ފޮލޯއަޕް އުސޫލުތައް ހަރުދަނާކުރުމާއި، ޔުނިވަރސިޓީން މިހާރު ފަށާފައިވާ އޮޑިޓް އެންޑް ކޮމްޕްލައިންސް މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރައް ވާނެ ކަމަށެވެ. އަދި ވައިސް ޗާންސެލަރގެ ޕްލޭންގައިވާ ގޮތަށް ކިއުއެސް އަދި ޓައިމްސް ހައި އެޑިއުކޭޝަން ފަދަ ބައިނަލްއަގުވާމީ ރޭންކިން އެކްރެޑިއޭޝަންތަކުގައި އަދި ކިއުއޭ ޖަމުޢިއްޔާތަކުގައި ބައިވެރިވެ ޔުނިވަރސިޓީން ދެވޭ ޚިދުމަތްތަކަކީ މަތީ ތަޢުލީމު ދިނުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ހިފަހައްޓައި، ފެންވަރު ރަނގަޅު ޚިދުމަތްތަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ޝިޔާމާ ވިދާޅުވިއެވެ.

ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރުގެ މަގާމުގެ މުއްދަތަކީ ހަތަރު އަހަރު ދުވަހެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *