ވިލާ ކޮލެޖުގެ އޯޕަންޑޭ އަދި ޖޮބް ފެއަރ 2025 އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންދާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ވިލާ ކޮލެޖުގެ ކިއު އައި ކެމްޕަހުގައެވެ.
ވިލާ ކޮލެޖްގެ "އޯޕަން ޑޭ" ގައި، އެ ކޮލެޖުގައި ހުރި އެކި އެކި ތަޢުލީމީ ފުރުސަތުތަކާއި ބެހޭ މަޢުލޫމާތު ދިނުމާއި އެކު ގިނަ އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ވިލާ ކޮލެޖުން ކިޔަވަމުންދާ ދަރިވަރުންނާއި ބައްދަލުކޮށް އެކުދިންގެ ތަޖުރިބާ އޮޅުންފިލުވުމާއި، ކިޔަވައިދެއްވާ ލެކްޗަރައިންނާއި މަޝްވަރާކޮށްލުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.
އެޕްލިކޭޝަން ހުށަހެޅުމާއި ރަޖިސްޓްރީވުމަށް އެހީތެރިކަން
މި ހަރަކާތް ކުރިއަށްދާ ވަގުތުތަކުގައި، ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ކޯސްތަކަށް އެދި ހުށަހަޅާ ފަރާތްތަކަށް ވަގުތުން ކޯހަށް ހޮވުނު ކަމުގެ ލިޔުން (އޮފަރ ލެޓަރ) ހަވާލުކުރުމާއި، ވަގުތުން ކޯހަށް ރަޖިސްޓަރީވުމުގެ އިންތިޒާމުވެސް ހަމަޖެހިފައި ވެއެވެ.
ކެރިއަރ ސްކްރީނިންގ އަދި ކެރިއަރ ގައިޑެންސް
މި އޯޕަންޑޭއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ކުރިއަށް ދާނޭ މަގެއް ޚިޔާރުކުރުމަށް އެހީތެރިވުމުގެ ގޮތުން، ވިލާ ކޮލެޖުގެ ދަށުން ހިންގާ ކައުންސެލިންގ އެންޑް ސައިކޯތެރަޕީ ސެންޓަރ (ވީ ކެއަރ) ގެ ފަރާތުން ކެރިއަރ ސްކްރީނިން އަދި ވަކިވަކިން ކެރިއަރ ގައިޑެންސް ދިނުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.
ހިލޭ ބައިވެރިވެވޭ ކްލާސްތައް
އޯޕަންޑޭ ގެ ތެރެއިން ވިލާ ކޮލެޖުގައި ހިންގާ ބައެއް ކޯސްތަކުގެ ކްލާސްތައް ތަޖުރިބާކޮށްލެވޭނެ ގޮތަށް ހިލޭ ހިންގޭ ކްލާސްތަކެއް ވަނީ ހަމަޖެހިފައެވެ. މިކްލާސްތަކުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތަތަކުން، ތިރީގައިވާ ތާވަލާ އެއްގޮތަށް ހޮނިހިރު ދުވަހު ވިލާ ކޮލެޖަށް ވަޑައިގެންނެވުމުން ކްލާސްތަކުގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ.
- ލޯ އެންޑް ޕޮލިޓިކަލް ސައިންސް: ހަވީރު 5:00 – 6:00
- ކަލިނަރީ އަރޓްސް : ހަވީރު 5:00 – 6:00
- އާޓް އެންޑް އިންޓީރިއާ ޑިޒައިން: ހަވީރު 5:00 – 6:00
- ސައިކޮލޮޖީ : ހަވީރު 6:00 – 7:00
- ރޮބޮޓިކްސް : ރޭގަނޑު 8:00 – 9:00
ކުޅިވަރު ، އިލްމީ އަދި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް
މި "އޯޕަން ޑޭ" ގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ލައިވް މިއުޒިކް ވެސް ކުރިއަށް ގެންދާނެއެވެ. މީގެ ތެރޭގައި އާރޓިފިޝިއަލް ރިއަލިޓީ (އޭ.އާރް) ވާރޗުއަލް ރިއަލިޓީ (ވީ.އާރް) ގެ ޒަރީއާއިން އެކިއެކި ސިމިއުލޭޝަންތަކާއި، 3ޑީ ޕްރިންޓިންގ ފަދަ ކިޔަވައި ދިނުމާއި ގުޅުންހުރި ޒަމާނީ ޓެކްނޮލޮޖީ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު، ހިލޭ މެންޓަލް ހެލްތް ސްކްރީންނިންގ، ވިލާ ކޮލެޖުގެ އެކި އެކި ލެބްތަކާއި ވަސީލަތްތައް ބަލާލުމާއި ތަޖުރިބާ ކޮށްލުމާއި ކުރީގެ ދަރިވަރުންގެ މަސައްކަތްތަކާއި ޕްރޮޖެކްޓްތައް ބަލައި ލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
ޖޮބް ފެއަރ
މި ހަރަކާތުގެ ބައެއްގެ ގޮތުގައި "ޖޮބް ފެއަރ"އެއްވެސް ކުރިއަށްދާނެއެވެ. މި ފެއަރގައި، ވިލާ ކޮލެޖުގެ އިންޑަސްޓްރީ ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ބައެއް މަޝްހޫރު ކުންފުނިތަކުން އެކުންފުނިތަކުގައި ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު ފޯރިކޮށްދޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ:
- ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
- ކްރޯ މޯލްޑިވްސް އެލް،އެލް.ޕީ
- ޑިލޮއިޓް
- ހުޅުލޭ އައިލެންޑް ހޮޓެލް (އެޗް.އައި.އެޗް)
- ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)
- ޔުނިވާސަލް ރިސޯޓްސް
- މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)
- އުރީދޫ މޯލްޑިވްސް
- ދިރާގު
- ވިލާ ކޮލެޖު
މަތީ ތަޢުލީމު ޙާޞިލްކުރުމާއި ، ކެރިއަރ ބިނާކުރުމަށް ވިލާ ކޮލެޖުން ފޯރުކޮށްދޭ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް، އަންނަ ހޮނިހިރު ދުވަހު ބާއްވާ ވިލާ ކޮލެޖުގެ މި"އޯޕަން ޑޭ" އަދި "ޖޮބް ފެއަރ" އަށް ޒިޔާރަތްކުރުމަށް ޢާންމު ހުރިހާ ފަރާތްތަކަށް ވިލާ ކޮލެޖުން ދަޢުވަތު އަރުވައެވެ.
advertisment
ހިޔާލު