ފޭދޫ ނަމާދު ޕްރޮގްރާމް: ނަމާދަށް އަހުލުވެރި އަޚްލާޤު ރަނގަޅު ޖީލެއް ތަރުބިއްޔަތު ކުރަނީ

ފޭދޫ އަވަށުއޮފީހުން އިސްނަގައިގެން އެރަށުގެ "ކޮންމެ ކުއްޖަކީ، ނަމާދުކުރާ ކުއްޖެއް" މި ޕްރޮގްރާމް ރަމަޟާން މަހަށް މެދުކެނޑިފައި އޮތުމަށްފަހު އަލުން ރޭ މި ޕްރޮގްރާމް ފަށައިފިއެވެ. މި ޕްރޮގްރާމްގައި 115 ކުދިން ބައިވެރިވެއެވެ.

ފޭދޫ އޮފީހުގެ ކައުންސިލް އެގްޒެކެޓިވް އަލްއުސްތާޛް ހަސަން ޒަރީރު ވިދާޅުވީ، މި ޕްރޮގްރާމްގެ ބޭނުމަކީ، ކުދިންގެ ހިތުގައި ނަމާދު ކުރުމަށް ލޯބި ޖެއްސުމާއި ނަމާދުގެ އަހައްމިއްޔަތު ކުދިންނަށް ކިޔައިދިނުމާއި، ޒުވާން ހިތްތައް މިސްކިތާ ގާތްކޮށްދިނުމެވެ.

"ބޭނުމަކީ، ނަމާދަށް އަހުލުވެރި އަޚުލާޤު ރަނގަޅު ޖީލެއް ތަރުބިޔަތު ކުރުން." ހަސަން ޒަރީރު ވިދާޅުވިއެވެ.

މި ޕްރޮގްރާމުން ކުދިންނަށް ނަމާދުގެ ހަރަކާތްތައް ދަސްކޮށްދޭނެއެވެ. ވުޟޫކުރާނެގޮތާއި، ނަމާދުގައި ކިޔާތަކެތި ދަސްކޮށްދީ، ޤުރުއާނުން ކޮންމެވެސް މިންވަރެއް ހިތުން ދަސްކުރުވާނެއެވެ.  އަދި އަޤީދާ އާއި ގުޅޭ މައުލޫމާތު ކުދިންގެ އުމުރާއި ގުޅޭ މިންވަރަށް ކިޔައި ދެއްވާނެއެވެ.

ނަމަދު ޕްރޮގްރާމްގެ ބައިތައް ކުރިއަށް ގެންދަވަނީ އައްޝައިޚް އަޙުމަދު ނާޒިޙު އިސްވެ ހުންނަވައިގެންނެވެ. މީގެ އިތުރުން ފޭދޫގެ ޒުވާން އިމާމުންގެ ބެލުމުގެ ދަށުންނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ފޭދޫ މަސްޖިދުލް މުނައްވަރުގެ އިމާމް މުހައްމަދުޝަފީޤު ވަރަށް އިސްދައުރެއް އަދާކުރައްވައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންގެ އެހީތެރިކަމާއި، ކިޔަވައިދިނުމުގައި އެތައް އަހަރެއްގެ ތަޖުރިބާ ހުރި  ސައީދާ މިސްގެ އެހީތެރިކަންވެސް ލިބެއެވެ.

ފޭދޫގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާނެ ޒުވާން އިމާމުން އުފެއްދުމަށް ފޭދޫ އޮފީހުން އިސްނަގައިގެން މިދިއަ އަހަރު ވަނީ ކާމިޔާބު ޕްރޮގްރާމެއް ހިންގާފައެވެ. ކިޔަވައިދެއްވީ، އައްޝައިޚް އަޙުމަދު ނާޒިޙު އެވެ. މި ޕްރޮގްރާމްގެ ފޮނިމީރުކަން ފޭދޫގެ މިސްކިތްތަކުން ވަނީ ފެންނަން ފަށާފައެވެ. ރިއްޗަށް ޤުރުއާން ކިޔަވާ މޮޅު އިމާމުން ފޭދޫގެ މިސްކިތްތަކުން ފެނިގެންގޮސްފިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *