ވިލާ ކޮލެޖްގެ 2024 ވަނަ އަހަރުގެ ސްކޮލަރޝިޕް ހަތަރު ދާއިރާއަކުން ހަތް ދަރިވަރުންނަށް ދީފިއެވެ.
ސްކޮލަރޝިޕް ކާމިޔާބުކުރި ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، ޑރ. ޢަލީ ނަޖީބުއެވެ. ޑރ. ނަޖީބު ވަނީ ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެ، އެ ކުދިންގެ ކިޔެވުމުގެ ދަތުރުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
2024 ވަނަ އަހަރު ސްކޮލަރޝިޕް ލިބުނު ދަރިވަރުން:
ވިލާ ކޮލެޖް އޯޕަން ސްކޮލަރޝިޕް
- މުޙައްމަދު ހަމްދޫން، މުޝްތަރީގެ، ހއ. ކެލާ
- އުމަރު ސާލިމް މުޙައްމަދު ، ގަންގާ، ހދ. ކުޅުދުއްފުށި
ވިލާ ކޮލެޖް އެލަމްނައި ސްކޮލަރޝިޕް
- އަޙްމަދު ހަނޫޝް ޢަލީ، ހ. ނިއު ހެވަން، މާލެ
- އަރީބް ޙުސައިން، މ. ސްޕޮޓްލައިޓް، މާލެ
ވިލާ ކޮލެޖް / ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ސްކޮލަރޝިޕް
- މުޙައްމަދު ނައުފް ނިޒާރު، ދަފްތަރު. ނަންބަރު ރސ 9114، މާލެ
- އިސްމާޢީލް ހޫދު ރިޒްވީ، މ. ފެހިވިދުވަރުގެ، މާލެ
ސްކޮލަރޝިޕް ފޮރ އިންޑިވިޖުއަލްސް ވިތް ޑިސްއެބިލިޓީސް
- އިރުޝާދު ޤާސިމް، ޗަމަން، ށ. މާރޮށި
ވިލާ ކޮލެޖުގެ މި ސްކޮލަރޝިޕްތަކުގެ މައިގަނޑު މަޤްޞަދަކީ، ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް، ވިލާ ކޮލެޖުން ހިންގާ ފުލް-ޓައިމް ކޯސްތަކުގައި، ފުރިހަމަ މާލީ އެހީތެރިކަމާއެކު (ފުލް ފަންޑިންގ) ބައިވެރިވެ، މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ މައިދާނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދިނުމަކީ ވިލާ ކޮލެޖުގެ އެންމެ މުހިންމު އެއް އަމާޒެވެ. މި ސްކޮލަރޝިޕްތަކުން ރަމްޒުކޮށްދެނީ، ދަރިވަރުންގެ ހުނަރުތައް ތަރައްޤީކޮށް، އެކުދިންގެ ކުރިމަގު އުޖާލާކޮށްދިނުމަށް ވިލާ ކޮލެޖުން ދޭ އަހައްމިއްޔަތުކަމެވެ.
ވިލާ ކޮލެޖް ސްކޮލަރޝިޕް ސްކީމްގެ ދަށުން، 2024 ވަނަ އަހަރު ސްކޮލަރޝިޕް ދޭނީ:
- ވިލާ ކޮލެޖް އޯޕަން ސްކޮލަރޝިޕް
- ވިލާ ކޮލެޖް އެލަމްނައި ސްކޮލަރޝިޕް
- ވިލާ ކޮލެޖް / ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ސްކޮލަރޝިޕް
- ސްކޮލަރޝިޕް ފޮރ އިންޑިވިޖުއަލްސް ވިތް ޑިޓަރމިނޭޝަން


advertisment
ހިޔާލު