ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކޮންމެ އަހަރަކު ވެސް "ފަހި ފުރުޞަތު"ގެ ނަމުގައި ބާއްވަމުން އަންނަ ޖޮބް ފެސްޓިވަލް އަންނަމަހު ބާއްވަން ނިންމައި، އެ ފެސްޓިވަލުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި ފެސްޓިވަލް ކުރިއަށް ގެންދަނީ އެ ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންނާއި އާންމުންނަށާއި ހުޅުވާލައިގެންނެވެ.
ޖޮބް ފެސްޓިވަލުގައި ބައިވަރިވާން ބޭނުންވާ ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކުން އެޕްރީލް 30 ވަނަ ދުވަހުގެ 23:00 ގެ ކުރިން ފޯމް ހުށައަޅަން ޖެހެއެވެ.
ޖޮބް ފެސްޓިވަލް ކުރިއަށް ދާނީ މެއި މަހުގެ 23ން23އަށް، ހަވީރު 16:00 ން 18:00 އަދި 20:00 ން 22:00 އަށެވެ. ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒާއި އަތޮޅުތެރޭގައި ޤާއިމް ކޮށްފައިވާ އެ ޔުނިވަރސިތީގެ ކެމްޕަސް ތަކުގައި ވެސް މި ފެސްޓިވަލް ކުރިއަށް ގެންދާނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާ ގުޅުވާލަދޭ ބާޒާރެކެވެ.
ޖޮބް ފެސްޓިވަލުގެ މަޤްޞަދަކީ:
- ދިވެހިރާއްޖޭގައި އެކިކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުމާއި،
- އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ފުރުޞަތުތައް ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމާއި
- ދިވެހިރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުޞަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުމާއި
- ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމެވެ.
2024 ވަނަ އަހަރު ބޭއްވި އެމްއެން ޔޫޖޮބް ފެސްޓިވަލުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިތުރުން
ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް 35 ފަރާތަކުން ވަނީ ބައިވެރި ވެފައިވެއެވެ.


advertisment
ހިޔާލު