މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު. މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ"

މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު. މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" ގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ.

މަޖީދިއްޔާގެ 98 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ އެކްސްގައި ރައީސް ވިދާޅުވީ، މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.

"މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު. މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ". މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީޚުގަައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކު" ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ ތަޢުލީމުގެ އެންމެ ނަންހުރި ބިނާއަށް 98 އަހަރު ފުރޭ ތާރީޚީ މުނާސަބާގެ ހެޔޮއެދުންތައް ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށާއި ބެލެނިވެރީންނަށާއި މުދައްރިސުންނާއި ހިންގުންތެރީންނަށާއި ޚިދުމަތްތެރީންނަށް އަރިސްކުރަނީ ހިތުގެ ފުންމިނުގެ ލޯތްބާއި، ހެޔޮ ދުޢާތަކާ އެކު ކަމަށް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

"މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ ފުރާށޭ ދަރީން ހިތް ޢުލޫމުން މިތާ ކުރާށޭ ފިދާ ޖާނު ވަޠަނަށްޓަކައި މި މަތިވެރި ޢިލްމީ ޢިމާރާތްތަކަށް އެދޭނީ ޙަޔާތާ އުޖާލާ ކަމަށް" މެސެޖް ނިންމާލައްވަމުން އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި އެންމެ ގިނަ ދުވަސްވީ ސްކޫލެވެ. މަޖީދިއްޔާ ސްކޫލުގެ ފެށީ 19 އޭޕްރިލް 1927 ގައި މަދަރުސަތުއް ސަލާހިއްޔާގެ ނަމުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *