އެމްއެންޔޫގެ މަސްވެރިކަމާ ބެހޭ ކޮލެޖުގައި ޑިގްރީއަށް ކިޔައިވައިދޭން ފަށައި 45 ސްކޮލަރޝިޕް މި އަހަރު ދެނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ މޯލްޑިވްސް ކޮލެޖް ފޮރ ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގައި ޑިގްރީ ފެންވަރަށް ކިޔަވައިދޭން ތައްޔާރުވެއްޖެއެވެ.

ފިޝަރީޒް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީއަށް ކިޔަވަން އެ ކޮލެޖުން ވަރަށް އަވަހަށް ހުޅުވާލައި، 45 ދަރިވަރުންނަށް ފުލް ސްކޮލަރޝިޕް ދޭން ނިންމާފައިވާކަން އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ، މަސްވެރިކަމާ ބެހޭ ކޮލެޖް ޤާއިމްކުރުމަކީ މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރަން ފެށި ބޮޑު މަސައްކަތެއް ކަމަށާއި އެ ކޮލެޖުން ސްކޮލަރޝިޕްގެ އިތުރު ފުރުޞަތުތައް ހޯދައިދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި ވިދާޅުވީ، އެ ކޮލެޖުން ބެޗެލާސް އޮފް ފިޝަރީޒް މެނޭޖްމެންޓް ކިޔަވަން ފުލް ސްކޮލަރޝިޕް ދެމުންދާނެ ކަމަށާއި އެކަމަށް ވާން ޖެހޭ ތއްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އަންދާޒާ ކުރަނީ ބަޖެޓު ހަމަޖެހިފައި އޮތް ގޮތުން، މި އަހަރު 45 ކުއްޖަކަށް ސްކޮލަރޝިޕް ހަމަޖެއްސޭނެ ކަމަށެވެ.

މަސްވެރިކަމާ ބެހޭ ކޮލެޖުގައި ޑިގްރީ ފެންވަރުގެ ކޯސްތަކުގެ އިތުރުން ކުދި ކޯސްތައް ވެސް މިހާރު ވެސް ހިންގަމުން ގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އުފެއްދި މަސްަވެރިކަމާ ބެހޭ ކޮލެޖުގައި މިހާރު ހިންގަމުން އަންނަނީ ސެޓްފިކެޓް ލެވެލްގެ ކޯސްތަކެވެ. މަސްވެރިކަމާ ބެހޭ ކޮލެޖް ޤާއިމްކޮށްފައި ވަނީ ވިލިމާލޭގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *