މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ 50 ސްކޮލަރޝިޕަށް މާލޭ ސިޓީކައުންސިލުން ހުޅުވާލައިފި

މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ 50 ސްކޮލަރޝިޕަށް މާލޭ ސިޓީކައުންސިލުން ހުޅުވާލައިފިއެވެ. މިއީ ސްޓްރޯންގް ސިޓީޒް ނެޓްވޯކް ގެ އޭޝިއާ ޕެސިފިކް ރީޖަންއިން މާލޭ ސިޓީ ކައުންސިލަށް ދީފައިވާ ސްކޮލަރޝިޕްތަކެވެ. މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ ސްކޮލަރޝިޕްގެ 50 ފުރުޞަތު ހަ ދާއިރާއަކުން ދީފައިވެއެވެ.

މި ސޮކޮލަރޝިޕް ތަކަށް ކުރިމަތިލާން ޖެހެނީ އެޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ކުރިންނެވެ.

ޕާކިސްތާނުގައި ކުރިއަށް ގެންދާ މި ސްކޮލަރޝިޕްގެ މުއްދަތަކީ 12 ހަފްތާއި 24 ހަފްތާއާ ދެމެދެވެ. މި ސްކޮލަރޝިޕްގެ ދަށުން މާލެއާއި ޕާކިސްތާނު ދަތުރު ޚަރަދާއި ހުރުމާއި ކެއުމާއި އަދި ކޯސް ފީ ކޯސް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިދެއެވެ.

މި ސްކޮލަރޝިޕްގެ ޝަރުޠަކީ މާލޭގެ ރައްވެއްސަކަށް ވުމާއި 18 އަހަރާއި 35 އަހަރުގެ މީހަކަށް ވުމުގެ އިތުރުން ގުރޭޑް 10 ނިންމާފައިވުމެވެ. އަދި އިނގިރޭސިބަހުން ލިޔަންކިޔަން، ވާހަކަދައްކަން އަދި ދޭހަވުމުގެ ހުނަރު ލިބިފައިވުމެވެ.

ސިޓީކައުންސިލުން ހުޅުވި ސްކޮލަރޝިޕްގެ ދާއިރާތައް:

1- ސިއްހަތާއި އިޖްތިމާއީ ދާއިރާ

2- އިމާރާތްކުރުމާއި އިންޖިނިއަރިންގ ދާއިރާ

3- ޓީޗިންގ އާއި ތައިލީމީ ދާއިރާ

4- އައިޓީއާއި ޑިޖިޓަލް ދާއިރާ

5- ރީޓެއިލް އާއި ހޮސްޕިޓަރލިޓީ އާއި ކަސްޓަމާ ސަވިވިސް ދާއިރާ

6- ދަނޑުވެރިކަމުގެ ދާއިރާ

ސްކޮލަރޝިޕްތަކަށް މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް
  • އޯލެވެލްގެ ނަތީޖާ
  • ޝޯޓްލިސްޓް ކުރެވޭ ފަރަތްތަކާއެކު ބޭއްވޭ އިންޓަވިޔުގެ މާކުސް
 މިފުރުޞަތުތަކަށް މީހުން ހޮވުމުގެ މަރުޙަލާ ކުރިއަށްދާނެގޮތް:

ހުށައަޅާ ފަރާތްތަކުގެތެރެއިން މީހުން ޝޯޓްލިސްޓް ކުރެވޭނީ މަތީގައިވާ ޝަރުޠުތަކަށް ބަލައިގެން ކޯސްތަކަށް ލިބިފައިހުންނަ އެޕްލިކޭޝަންތަކަށް ބަލައި،6  ކެޓަގަރީއަށް ބައިވެރީން ނެގޭނެ ގޮތަކަށް ބަލައިގެންނެވެ.

  • 50 މީހުންގެ ލިސްޓު ފައިނަލް ކުރާނީ ކައުންސިލް އިން އެކުލަވާލާ ކޮމިޓީން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ބަލައިގެންނެވެ.
  • މިގޮތުން ހޮވޭ ނަންތައް 25 އޭޕްރީލް 2025 ގެ ކުރިން ސްކޮލަރޝިޕްތައް ދޭ ފަރާތަށް ފޮނުވޭނެ.
  • މިފުރުޞަތުތަކަށް ހޮވޭ 50 ފަރާތުގެ ނަންތައް ސްކޮލަރޝިޕްދޭ ފަރާތަށް ފޮނުވުމުން އެތަނުން ސްކްރީން ކުރެއްވުމަށްފަހު، ކޮންމެ ބައިވެރިއަކު ފުރުއްވަންޖެހޭ އިތުރު ތަފްޞީލް އޮންލައިން ފޯމުގެ ލިންކު ފޮނުވޭނެއެވެ. އަދި މިފޯމް ފުރުމަށް މުއްދަތެއް ދެވޭނެ.
  • ފޯމު ފުރުއްވުމަށްފަހު ކޯހަށް ހޮވިއްޖެކަން ކަށަވަރުކޮށްދީ، ދަތުރުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެފަރާތްތަކަށް ވަކިވަކީން އެންގޭނެ.
  • މިތަމްރީނުތަކުގެ ކިޔެވުން ފެއްޓުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި ނުވަތަ ޖޫން މަސްތެރޭގައި.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *