އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރިނެތްގޮތް ދެނެގަތުމަށް، ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ ނެޝަނަލް އެސެސްމެންޓް ފޮރ ލާނިންގ އައުޓްކަމްސް (ނާލޯ)، މި އަހަރު ކީ ސްޓޭޖް 3އަށް ދޭން އެޑިޔުކޭޝަން މިނިސްޓްރީން ތައްޔާރު ވެއްޖެއެވެ. މީގެ ކުރިން ނާލޯ އިމްތިޙާން ދެމުން އައީ ކީސްޓޭޖް 1އާއި 2އަށެވެ. ނާލޯ އިމްތިހާނުގައި މި އަހަރުވަނީ އަލަށް އިސްލާމް މާއްދާ ހިމަނާފައެވެ.
ފުރަތަމަ ޓާމުގައި ހިސާބު، އިނގިރޭސި އަދި ސައިންސް މާއްދާއިން މިއެސެސްމެންޓް ދޭނެއެވެ. މި މާއްދާތަކުގެ އިމްތިހާނުތައް އޮންނާނީ އޭޕްރީލް 27 އިން 29 އަށެވެ. އަދި ދެވަނަ ޓާމުގައި ދިވެހި، އިސްލާމް މި ދެ މާއްދާގެ އެސެސްމެންޓް ދިނުމަށް ހަމަޖެހިފައިވާއިރު، މި މާއްދާތަކުގެ އިމްތިހާން އޮންނާނީ ސެޕްޓެމްބަރު 2 އިން 3 އަށެވެ.
ނާލޯ އަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ޙާލަތާއި، ސްކޫލުތަކުގައި ތަންފީޒުކުރަމުން އަންނަ ޤައުމީ މަންހަޖުގައި ހުރި ރަނގަޅު ކަންކަމާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސިލްސިލާކޮށް ކުރިއަށްގެންދާ އެސެސްމެންޓެކެވެ.
advertisment
ހިޔާލު