ރަމަޟާން މަހާ ދިމާކޮށް ބްލައޑް ކޭމްޕް މި އަހަރުވެސް އެމްއެންޔޫއެސްޔޫއިން ކުރިއަށް ގެންގޮސްފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި، މެޑިކޯސް އަދި ލޭހަދިޔާ ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އުފައްދާފައިވާ އެޕްލިކޭޝަނެއް ކަމުގައިވާ ”ލޭ“ އެޕް  ގުޅިގެން ބާއްވާ ޚާއްސަ ރަމަޟާން ބްލަޑް ކޭމްޕް ބާއްވައިފިއެވެ.

މި ކޭމްޕް ކުރިއަށް ގެންދިޔައީ މާރޗް ހަ ވަނަ ދުވަހާއި 16 ވަނަ ދުވަހުއެވެ. 15 މީހުން މި ކޭމްޕްގައި ބައިވެރިވެ 4050 މިލިލީޓަރުގެ ލޭ ވަނީ ހަދިޔާކޮށްފައެވެ.

މެޑިކޯސްއިން އިސްނަގައިގެން ސިލްސިލާ ގޮތެއްގައި ބްލަޑް ޑްރައިވްތައް ބާއްވަމުން ގެންދާތާ މިއީ 4 ވަނަ އަހަރެވެ. މި ފަދަ ހަރަކާތްތަކުގެ ތެރެއިން ގައުމީ ޔުނިވާސިޓީގައި ވަނީ އެތަކެއް ޑޯނަރުންތަކެއް އުފެދި، އިޖްތިމާއި ޒިންމާއެއްގެ ގޮތުގައި އެކަން ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *