އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ހއ. އޭއީސީގެ 13 ދަރިވަރުން ލައިފްގާޑުންގެ ގޮތުގައި ތަމްރީނު ކުރަނީ

ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުންދާ، އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ލައިފްގާޑުންގެ ގޮތުގައި ތަމްރީނު ކުރަން ފަށައިފިއެވެ.

އިއްޔެ ފެށި މި ކޯހުގައި 13 ދަރިވަރުން ބައިވެރިވެއެވެ.

މި ކޯސް ކުރިއަށް ގެންދަނީ ހއ. އޭއީސީއާއި ދިއްދޫ ކައުންސިލާ ގުޅިގެން ފީނާ އެކެޑަމީގެ ފަރާތުންނެވެ.

ފީނާ އެކެޑަމީގެ އިންސްޓްރަކްޓަރު އިބްރާހިމް ނާފިޒު ވިދާޅުވީ، ސްކޫލް ނިންމައި މުޖްތަމައަށް ނުކުންނައިރު އެކުދިންގެ ބޭނުން ހިފޭނެ ކޮންމެވެސް ހުނަރެއް ދަސްކޮށްދޭން ޖެހޭ ކަމަށާއި ފީނާ އެކެޑަމީން އެ މަސައްކަތް ފެށީ އެ މަޤްޞަދުގައި ކަމަށެވެ.

އޭނާ ވިދާޅުވީ، ކޯސް ފަރުމާކޮށްފައި ވަނީ، ދެ މަސް ދުވަހަށް ކުރިއަށް ގެންދާ ފެތުމުގެ ޓްރެއިނިންގ ތަކެއް ދިނުމަށްފަހު ކަމަށެވެ. ކޯސް ފަށަން ތާވަލުކޮށްފައި ވަނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ.

"އޭގެ ފަހުން ސެޓިފައިޑް ލައިފްގާޑް ކޯސް ކުރިއަށް ގެންދާނީ" ނާފިޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ކޯސް ފުރިހަމަ ކުރާ ކުދިންނަށް ދޭ ސެޓްފިކެޓަކީ ރާއްޖޭގެ ކޮންމެ ރިސޯޓަކުންނާއި އަދި އިންޓަރނޭޝަނަލީ ޤަބޫލުކުރާނެ ސެޓިފިކެޓެއް ކަމަށެވެ.

ސްކޫލް ނިންމާ ދަރިވަރުންގެ ތެރެއިން ލައިފްގާޑް ކޯސް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް ރިސޯޓް ނޫނީ އެހެން ވެސް ތަނަކުން ލައިފްގާރޑްގެ ވަޒީފާ ހޯދައިދޭން ދިއްދޫ ކައުންސިލުން މަސައްކަތްކޮށްދެއްވާނެ ކަމަށް އެ ކައުންސިލުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ފީނާ އެކެޑަމީން ބުނީ، އެ ކޯސް ދިމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *