އެމްއެންޔޫއިން ދޭ އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނު އެޕްރީލް 26ގައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ބައެއް ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އިނގިރޭސިބަހުގެ ފާހެއް ނެތް ފަރާތްތަކަށްވެސް ކޯހަށް ވަނުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ބާއްވަމުން އަންނަ އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާން އަންނަ އެޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:00ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއީ  މި އިމްތިޙާން މި އަހަރުގައި ބާއްވާ ދެ ވަނަ ބުރެވެ.

މާލޭގައި މި އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ 4 ވަނަ ފަންގިފިލާގައެވެ. ކެމްޕަސްތަކުގައިނަމަ، މި އިންތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ، އެ ކެމްޕަހެއްގައެވެ. މީގެ އިތުރުން، އައުޓް ރީޗް ސެންޓަރުތަކުގައި، މި އިންތިޙާން ބާއްވާނަމަ، މި އިމްތިޙާނުގައި ބައިވެރިވެވޭނީ، ހަމައެކަނި، އެ ސެންޓަރެއްގައި ރަޖިސްޓްރީވެގެން ކިޔަވަމުންދާ ދަރިވަރުންނަށެވެ. މި އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުން، އިމްތިޙާނު ފެށުމުގެ 30 މިނެޓް ކުރިން އިމްތިޙާން އޮންނަ ހޯލަށް ހާޒިރުވާންވާނެއެވެ.

އެމްއެންޔޫއިން ބުނެފައި ވަނީ ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ އިނގިރޭސިބަހުގެ ޝަރުޠު ހަމަނުވިކަމުގައިވީ ނަމަވެސް އެހެން ޝަރުޠުތައް ހަމަވާނަމަ އެފަރާތްތަކުގެ ފޯމު ބަލައިގަންނާނެއެވެ. ނަމަވެސް، ޖާގަ މުޅިން ކަށަވަރުވާނީ އިނގިރޭސި އިމްތިޙާނު ހެދުމަށްފަހު، އެ އިމްތިޙާނުގެ ނަތީޖާ ހުށަހެޅުމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *