ޕީޓީއޭއާއި މަޑިފުށި ރިސޯޓްގެ އެހީތެރިކަމާއެކު މަޑުއްވަރީ ސްކޫލުގެ ނަންބޯޑާއި ނޯޓިސްބޯޑެއް

ޕީޓީއޭއާއި މަޑިފުށި ރިސޯޓްގެ އެހީތެރިކަމާއެކު މ. މަޑުއްވަރީ ސްކޫލުގެ ނަންބޯޑާއި ނޯޓިސްބޯޓް ހަދައިދީފިއެވެ.

އެ ސްކޫލުގެ ނަންބޯޑާއި ނޯޓިސްބޯޓް ރަސްމީގޮތުން އިފްތިތާޙްކުރީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކުގައެވެ.

މަޑުއްވަރީ ސްކޫލުން ބުނީ، ނޯޓިސްބޯޑް ފޯރުކޮށްދިނީ މަޑިފުށި ޕްރައިވެޓް އައިލެންޑުން ކަމަށާއި ސްކޫލް ނަންބޯޑަކީ ޕީޓީއޭއިން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.  ނަންބޯޑާއި ނޯޓިސް ބޯޑް ހަރުކުރުގެ މަސައްކަތް ކުރީ ޕީޓީއޭގެ ފަރާތުންނެވެ.

ނަންބޯޑާއި ނޯޓިސްބޯޓް ހަދިޔާ ކޮށްފައިވާތީ މަޑިފުށީ ސްކޫލުން ވަނީ، މަޑިފުށީ ރިސޯޓަށާއި ޕީޓީއޭއަށް ޝުކުރުއަދާކޮށްފައެވެ.

ނޯޓިސް ބޯޑް ހަދާފައި ވަނީ، ޓީވީވެސް ބޭނުންކުރެވޭ ގޮތަށް ކަމަށް އެ ސްކޫލުން ބުނެއެވެ.

މަޑުއްވަރީ ސްކޫލުގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށް 60އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *