ކަނޑިތީމު މަސްޖިދުއްނޫރުގައި ފާއިތުވި ރޯދަމަހު ތަރާވީޙު ނަމާދު އިމާމުވެ ކުރީ އަމިއްލައަށް އިސްނަގައިގެން
ށ. މަދަރުސާގެ ދަރިވަރު ޔޫސުފް ބިން އަޙުމަދު މުފީދު، ށ. ކަނޑިތީމު މަސްޖިދުއްނޫރުގައި ނިމިދިޔަ ރޯދަމަހު އިމާމުވެ ތަރާވީޙް ނަމާދުކޮށްފައި ވާތީ އެކަމުގެ އަގުވަޒަންކޮށް ޚާއްޞަ ފިލައެއް އެ ސްކޫލުން ހަދިޔާކޮށްފިއެވެ. މި ފިލާ އޭނާއާ ހަވާލުކޮށްދެއްވީ، ޕްރިންސިޕަލް އަޙްމަދު ފައިސަލެވެ.
ގުރޭޑް 10ގައި މިހާރު ކިޔަވަމުން އަންނަ ޔޫސުފަކީ ޖަމާއަތުގައި އިމާމުވެ ތަރާވީޚް ނަމާދު ކުރި އެ ސްކޫލުގެ ފުރަތަމަ ދަރިވަރެވެ. އަމިއްލަ އިސްނެގުމާ އެކު ނޫރު މިސްކިތުގައި އިމާމުވެ ކުރީ ތަރާވީޙް ނަމާދު ހުސްވި ރޯދަ މަހު ކުރީ އޭނާ އެކަންޏެވެ.
"އިމާމުވެ ތަރާވީޚް ނަމާދު ކުރުމުގައި، ދައްކާފައިވަނީ ފަރުވާތެރިކަމާއި، ހިތްވަރުގަދަ ކަމުގެ މިސާލެއް" ޔޫސުފުގެ މަސައްކަތް ފާހަގަކޮށް ށ. މަދަރުސާއިން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
" އެކަމަށްޓަކައި ޔޫސުފަށާއި، ޔޫސުފްގެ މައިންބަފައިންނަށް ޝުކުރުދަންނަވަމެވެ. އަދި މަދަރުސާގެ އުންމީދަކީ މިކަމުން ނަމޫނާ ލިބި މިފަދަ އިތުރު ދަރިވަރުން ފެނިގެން ދިއުމެވެ."
ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ރަނގަޅު ކާމިޔާބީތަކެއް ވެސް ޔޫސުފު އަންނަނީ ހޯދަމުންނެވެ. ޤުރުއާނުން ހަތް ފޮތް ހިތުން ދަސްކޮށް، 8ވަނަ ފޮތް މުރާޖަޢާ ކުރުމުގެ މަސައްކަތް ޔޫސުފު އަންނަނީ ކުރަމުންނެވެ.


advertisment
ހިޔާލު