ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައި، ދަރިވަރުން އުފަލުން ސްކޫލަށް މިއަދު ނުކުމެއްޖެއެވެ.
ސަރުކާރުގެ 217 ސްކޫލުގައި 84،000 ދަރިވަރުން ދިރާސީ އާ އަހަރު ކިޔަވަމުން ގެންދާނެއެވެ.
ދިރާސީ އާ އަހަރުގެ ތައްޔާރީތަކާ ގުޅޭ ގޮތުން، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ޕީއެސްއެމްގެ "ރާއްޖެ މިއަދު"ގައި މިރޭ ވިދާޅުވީ، މިއަހަރުގެ ދިރާސީ އަހަރު ފަށާއިރު، ދަރިވަރުންގެ ތަޢުލީމީ ޙައްޤު ނުގެއްލޭ ވަރަށް ސްކޫލުތަކުގައި އިންތިޒާމުތައް ފުރިހަމަކޮށްދީފައިވާ ކަމަށާއި އެއްވެސް ދަރިވަރަކަށް ބޭނުންވާ ފޮތްތައް ނުލިބޭ ސްކޫލެއް މިހާރު ނުހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ، މިއިން ޒަމާނަކު ޓީޗަރުންގެ ކަންކަން ރަނގަޅުނުކުރެވޭ މިންވަރަށް ރަނގަޅުކޮށްފައިވާނެ ކަމަށެވެ.
ދިރާސީ އާ އަހަރުގެ ފެށުމާއި ދަރިވަރުންނަށް މަރުޙަބާ ކިޔަން ސްކޫލްތައް އޮތީ ޒީނަތްތެރިކޮށްފައެވެ. ސްކޫލްތަކުން ދަރިވަރުންނަށް ކީ މަރުޙަބާ ރަތްދޫލައިގެ މަރުޙަބާއެކެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް އަމީނީއްޔާ ސްކޫލުގައި މިއަދު ހެނދު ބޭއްވި ޚާއްޞަ އެސެމްބްލީ ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ.
ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން 180 ދުވަހު ކިޔަވައިދޭނެއެވެ. މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 24 ވަނަ ދުވަހު، ފުރަތަމަ ޓާމުގައި 81 ދުވަހު ކިޔަވައިދޭނެއެވެ. ދެވަނަ ޓާމުގައި ކިޔަވައިދޭނީ 99 ދުވަހުއެވެ.
ސަރުކާރު ސްކޫލްތަކުގައި ކިޔަވައިދޭން 10،000 ޓީޗަރުން މަސައްކަތް ކުރާނެއެވެ. އޭގެ ތެރެއިން 1800 އެއްހާ މުދައްރިސުންނަކީ ބިދޭސީންނެވެ.
advertisment
ހިޔާލު