އެމްއެންޔޫގެ ދަސްވެނިވުން މި މަހު 24 ގައި، 346 ދަރިވަރުން ދަސްވެނިވާނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މި މަހު 24 ގައި ބާއްވަން ނިންމައިފިއެވެ.

އެމްއެންޔޫއިން ބުނީ، މި އަހަރުގެ ދަސްވެނިވުން ކުރިއަށް ގެންދާނީ ތިން ދަންފަޅިއަކަށް ބަހާލައިގެން ކަމަށާއި ޖުމްލަ 346 ދަރިވަރުން 9 ފެކަލްޓީއަކުން ދަސްވެނިވާނެ ކަމަށެވެ.

މި ދަސްވެނިވުން ބާއްވާނީ ތިން ސެޝަނަކަށް ބަހާލައިގެން އެމްއެންޔޫގެ އޭ ބްލޮކް އޮޑިޓޯރިއަމްގައެވެ.

އެމްއެންޔޫގެ ފެކަލްޓީތަކުން ދަސްވެނިވާ ދަރިވަރުންގެ އަދަދު:

  • ސްކޫލް އޮފް ނާސިން (ބެޗެލާސް)ގެ 101 ދަރިވަރުން
  • ސްކޫލް އޮފް މެޑިސިންގެ 24 ދަރިވަރުން
  • ފެކަލްޓީ އޮފް އާޓްސްގެ 26 ދަރިވަރުން
  • ފެކަލްޓީ އޮފް އެކިއުކޭޝަންގެ 62 ދަރިވަރުން
  • ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގެ އަށް ދަރިވަރުން
  • ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ 18 ދަރިވަރުން
  • ކޮލެޖް އޮފް ފިޝަރީސް އެންޑް އޯޝަން ސައިންސަސްގެ ތިން ދަރިވަރުން
  • އެމްއެންޔޫ ބިޒްނަސް ސުކޫލްގެ 44 ދަރިވަރުން
  • ސްކޫލް އޮފް ނާސިން (މާސްޓާސް)ގެ 17 ދަރިވަރުން

ދަސްވެނިވުމުގެ ރަސްމިއްޔާތު ކޮންމެ އަހަރަކު ވެސް އެމްއެންޔޫއިން ކުލަގަދަކޮށް ބާއްވައެވެ. ރާއްޖޭގައި އެންމެ ގިނަ ބަޔަކު ދަސްވެނިވަނީ ވެސް އެމްއެންޔޫއިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *