މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނުގެ 500 ފުރުޞަތަށް ހުޅުވާލައިފި

މަތީ ތަޢުލީމާއި ތަމްރީނުގެ 500 ލޯން ފުރުޞަތަށް ކުރިމަތިލާން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ، ސްޓޫޑެންޓް ލޯން ސްކީމުގެ ދަށުން މި ފަހަރު ދޫކުރަނީ 500 ދަރިވަރުންނަށެވެ.

މި ސްކީމުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ ދެ ގިންތިއަކަށެވެ. އެއީ

1- އަލަށް ކިޔަވަންފަށާ ފަރާތްތައް:އަލަށް ކިޔަވަންފަށާ ފަރާތްތަކުގެ ގޮތުގައި ބަލާނީ ލޯނުގެ ފުރުޞަތު ހުޅުވާލުމަށްކުރާ އިޢުލާނުގެ އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑިއާ ހަމަޔަށް، މަތީތަޢުލީމުދޭ މަރުކަޒެއްގައި ކިޔެވުމަށް ރަޖިސްޓްރީވެފައި ނުވާ، ނުވަތަ ޓިއުޝަންފީ ދައްކައިފައި ނުވާ ފަރާތްތަކެވެ.

2- މިހާރު ކިޔަވަމުންދާ ފަރާތްތައް:މިހާރު ކިޔަވަމުންދާ ފަރާތްތަކުގެ ގޮތުގައި ބަލާނީ ލޯނުގެ ފުރުޞަތު ހުޅުވާލުމަށްކުރާ އިޢުލާނުގައި އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑީގެ ކުރިން، މަތީތަޢުލީމުދޭ މަރުކަޒެއްގައި ކިޔެވުން ފަށާފައިވާ ފަރާތްތަކެވެ.

ޓޮޕްއަޕް ލޯނަށް ހުޅުވާލެވޭ ޖާގަ:

– މިއީ މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިތިބި ދަރިވަރުންނާއި، ފުރިހަމަކުރި ޕްރޮގްރާމާ ގުޅިގެން ހަދަންޖެހޭ އިންޓަރންޝިޕް ހެދުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ޓޮޕްއަޕް ލޯނު ދިނުމަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

– މި ލޯނު ސްކީމުގެ ދަށުން ޓޮޕްއަޕް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 7 ލައްކަ ރުފިޔާ އަށް ވުރެ ބޮޑުނުވާ އަދަދަކަށެވެ.

– ޓޮޕްއަޕް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކުރުމުގައި، "ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ ގޮތާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ފަދައިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިހާރު ކިޔަވަމުންދާ ފަރާތްތަކަށް ލޯނު ދިނުމުގައި، އެކަޑަމިކް މެރިޓް ސްކޯރއިން އެންމެ މަތިން ސްކޯރ ކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ދިވެހިރާއްޖޭގެ ޔުނިވަރސިޓީ/ކޮލެޖް/މޯލްޑިވްސް ޕޮލިޓެކްނިކް އަށް ހުޅުވާލެވޭ ޖާގަ

– މިއީ ދިވެހިރާއްޖޭގެ ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖެއް ނުވަތަ މޯލްޑިވްސް ޕޮލިޓެކްނިކް ގައި ވަޒީފާ އަދާކުރުމަށް ޑޮކްޓޯރަލް ސްޓަޑީސް ލެވެލްގެ ޕްރޮގްރާމެއް ކިޔެވުމަށްޓަކައި ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

– މި ފުރުސަތުގެ ދަށުން ދަރިވަރުން ހޮވާނީ މެރިޓް އުސޫލުންނެވެ. އަދި ކޮންމެ މަރުކަޒަކަށް ގިނަ ވެގެން ދެވޭނީ އެއް ފުރުޞަތެވެ.

– މި ފުރުސަތައް އެދި އެޕްލިކޭޝަން ހުށަހަޅާނަމަ، ދިވެހިރާއްޖޭގެ ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖެއް ނުވަތަ މޯލްޑިވްސް ޕޮލިޓެކްނިކާއިއެކު، ކިޔެވުން ފުރިހަމަކުރުމަށްފަހު އެމަރުކަޒަކަށް ޚިދުމަތް ކުރުމަށް އެއްބަސްވާކަމުގެ ލިޔުމެއް އޮންނަންވާނެއެވެ.

ހައިލީ ޓެކްނިކަލް ދާއިރާތަކަށް ހުޅުވާލެވޭ ޖާގަ

– މިއީ މި އިއުލާނުގެ ޖަދުވަލު 5 ގައި ބަޔަންކޮށްފައިވާ ހައިލީ ޓެކްނިކަލް ދާއިރާކަމަށް ކަނޑައަޅާފައިވާ ދާއިރާތަކަށް ދެވޭ ސްލޮޓްތަކެވެ.

– މި ފުރުސަތައް އެދި އެޕްލިކޭޝަން ހުށަހަޅާނަމަ، މި އިއުލާނުގެ "ޖަދުވަލު 5 – ޓްރެއިންގް ނީޑްސް ރިކުއަރމަންޓް (ޓީއެންއާރް) ލިސްޓް" ގައި ހިމެނިފައިވާ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާއެއް އިޚްތިޔާރުކުރައްވައި، ފޯމު ހަށަހަޅަންވާނެއެވެ.

– މީގެ އިތުރުން، މި އިޢުލާނުގެ "ޖަދުވަލު 4 – ޓްރެއިނިގް ޕްރައިއޮރިޓީ ލިސްޓް" ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކުރުމުގައި، އެ ފަރާތްތަކަށް އިތުރު 10 (ދިހައެއް) ޕޮއިންޓް ދެވޭނެއެވެ.

ލޯލަށް އެދި ހުށައެޅުމުގެ މުއްދަތު ހަމަވާނީ އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ 13:30އަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *