އެއްގަޑިއިރަށް ނިއްވާލައިގެން އާތް އަވަރ ރާއްޖޭގައި ފާހަގަކޮށްފި
ކޮންމެ އަހަރަކު އެއް ފަހަރު ފާހަގަކުރާ އާތް އަވަރ ރޭ ފާހަގަކޮށްފިއެވެ. އާތްއަވަރ ފާހަގަ ކުރުމުގެ މަސައްކަތް ރާއްޖޭގައި ކުރިއަށް ގެންދަނީ ސްކައުޓުންނާއި ގާލް ގައިޑުން އިސްނަގައިގެންނެވެ. ރާއްޖޭގައި އާތް އަވަރ ފާހަގަކުރީ ރޭ 9:45ން 10:45އަށެވެ.
އާތް އަވަރ ފާހަގަ ކުރުމުގެ ގޮތުން ދިއްލުންތައް ނިންވާލައި، ބޭނުން ކުރީ އުއްބައްތިއެވެ. ސްކައުޓުންނާއި ގައިޑުން ވަނީ، އުއްބައްތީގެ އަލީގައި ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އޭގެ ތެރޭގައި ވަކިވަކި ކުދިންނާއި ގުރޫޕް ހަރަކާތްތަކެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ކަންތައްތަ ހިމެނެއެވެ.
އާރތު އަވަރއަކީ ދުނިޔޭގެ ޑަބްލިއުޑަބްލިއުއެފް (ކުރިން ވޯލްޑް ވައިލްޑްލައިފް ފަންޑުގެ ނަމުން ނަންދީފައިވާ) ކްލައިމެޓް ޗޭންޖް އިނީޝިއޭޓިވްއެކެވެ. މިއީ ލައިޓްތައް ނިއްވާލައި ދެމެހެއްޓެނިވި މުސްތަގުބަލަކަށް ޒިންމާ އުފުލާ މީހުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
ކޮންމެ އަހަރަކު ވެސް މާޗް މަހުގެ ފަހު ހޮނިހިރު ދުވަހުގެ ރޭ އާތް އަވަރ ފާހަގަކުރުމުގެ ގޮތުން ޔޫރަޕުން ފެށިގެން އޭޝިއާ އާއި އެމެރިކާއާ ހަމައަށް އައިކޮނިކް އިމާރާތްތަކާއި ލޭންޑްމާކު ތަކުގައިވާ ބޮކިތައް ނިއްވާލައެވެ. ބައެއް މީހުން އާރތު އަވަރ ގެ އުފަލުގައި ކެންޑަލް ލައިޓް ޑިނަރ އެއް ނުވަތަ ކެންޑަލް ލައިޓް ބަތްއެއް ބާއްވާއިރު އަނެއް ބައި މީހުން އާރތު އަވަރ ފާހަގަކުރުމަށް އަނދިރިކަމުގެ ތެރޭގައި ނުވަތަ ކެންޑަލްތަކާއެކު ބޮޑެތި އިވެންޓްތައް ނުވަތަ ޕާޓީތައް ބާއްވައެވެ.
އާތު އަވާގައި ވިޔަފާރިވެރިންނާއި ސަރުކާރުގެ ޖަމިއްޔާތަކުގެ އިތުރުން މުޖުތަމައު އާއި ސިޔާސީ ލީޑަރުން ވެސް ބައިވެރިވެ އެވެ. އެއީ ޕްލެނެޓްގެ މުސްތަގުބަލާ މެދު އަޑު އުފުލައި، ޕްލެނެޓް އާތު އަށް ދެމެހެއްޓެނިވި ގޮތެއްގައި ކާބަން މަދު މުސްތަގުބަލެއް އުފެއްދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމެވެ.
ރާއްޖޭގައި އާތް އަވާ ފުރަތަމަ ފާހަގަކުރީ 2009 ވަނަ އަހަރު އެވެ. އެ އަހަރުވެސް އެއް ގަޑިއިރުތެރޭގައި ޖައްވަށް ބޭރުވާނެ ކަމަށް ލަފާކުރި 470 ކިލޯގްރާމްގެ ވިހަ ކާބަން އިން ޖައްވު ވަނީ ސަލާމަތްކުރެވިފަ އެވެ.
އޮސްޓްރޭލިއާގެ ސިޑްނީގައި އާތު އަވަރ ފެށުނީ 2007 ވަނަ އަހަރުއެވެ. އެ ހަރަކާތުގައި 2.2 މިލިއަން ގެތަކާއި ވިޔަފާރިތަކުން އެ އަހަރު މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ސްޓޭންޑް ހެދުމަށް އެއް ގަޑިއިރަށް ލައިޓް ނިއްވާލިއެވެ. އާރތު އަވަރ އަކީ 2008 ވަނަ އަހަރު 35 ޤައުމަކުން 50 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވި، ދުނިޔޭގެ ސަސްޓެއިނަބިލިޓީ މޫވްމަންޓަކަށް ވަނީ ވެފައެވެ. ސިޑްނީ ހާބަރ ބްރިޖާއި ޓޮރޮންޓޯގެ ސީއެން ޓަވަރާއި ސެން ފްރެންސިސްކޯގެ ގޯލްޑަން ގޭޓް ބްރިޖާއި ރޯމްގެ ކޮލޮސިއަމް ފަދަ ބައިނަލްއަގްވާމީ ލޭންޑްމާކްތައް އާތު އަވާއަށް އަނދިރިކޮށްލައެވެ. 2009 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ތިންވަނަ އާރތު އަވަރގައި އެތައް ސަތޭކަ މިލިއަން ބަޔަކު ބައިވެރިވިއެވެ.
ކޮންމެ އަހަރަކު ބާއްވަމުން އަންނަ އާތު އަވާ އިވެންޓް އިންތިޒާމްކުރާ ޑަބްލިއުޑަބްލިއުއެފްގެ އަމާޒަކީ ދުނިޔޭގެ ގުދުރަތީ މާހައުލު ހަލާކުވުން ހުއްޓުވުމެވެ. އަދި ޤުދުރަތާ އެއްގޮތްވާ ގޮތުގެ މަތިން މީހުން ދިރިއުޅެވޭނެ މުސްތަޤްބަލެއް ބިނާކުރުމަށް ވެސް އަލިއަޅުވާލާފައިވެއެވެ. މި ޖަމިއްޔާ އަކީ ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުތަކުގައި 90 އަށް ވުރެ ގިނަ އޮފީސް ހިމެނޭ ނެޓްވޯކެއް މެދުވެރިކޮށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ފުރަތަމަ އޮފީސް އުފެދުނީ 1961 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ސްވިޒަލޭންޑްގެ މޯޖްސްގަ އެވެ.
ހިޔާލު