އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)އިން ބާއްވާ ފަލަސްޠީން ފޯރަމް މިފަހަރު އައްޑޫ ސިޓީގައި ބާއްވަން ނިންމައިފިއެވެ.
މި ފޯރަމް ބާއްވަނީ އައްޑޫ ސިޓީގެ ހިތަދޫގައި، މާރޗް މަހުގެ 23 ވަނަ ދުވަހުގެ ރޭ ގައެވެ.
އެމްއެންޔޫއެސްޔޫއިން ބުނީ، ފަލަސްތީނުގެ މައްސަލައަށް ޢިލްމީ ނަޒަރިއްޔާތަކުން ބަލާލައި، ފަލަސްޠީނުގެ މިހާރުގެ ޙާލަތާއި، މުދަލަށް ރައްކާތެރިވުމުގެ މުހިންމުކަމާއި، ފަލަސްޠީނުގެ އެކިއެކި ކަންތައްތަކާގުޅޭ ތަފާސްހިސާބުތައް މި ފޯރަމްގައި ހުށައަޅައިދޭނެ ކަމަށެއެވެ. އަދި ފޯރަމް ކުރިއަށް ގެންދާނީ ޕެނަލް ޑިސްކަޝަނެއް ގޮތަށެވެ.
ފަލަސްޠީނު ފޯރަމަކީ ޢިލްމީ ނަޒަރިއްޔާތަކުން ފަލަސްޠީނުގެ ވާހަކަ ގެނެސްދިނުމުގެ ބޭނުމުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ފަރާތުން ކުރިއަށް ގެންދެވޭ މިފަދަ ފުރަތަމަ ފޯރަމް ކަމަށާއި މި ފޯރަމްގެ ދެވަނަ އެޑިޝަންގެ އައްޑޫގައި ބޭއްވި ނަމަވެސް މުޅި އަހަރަށް ބަހާލައިގެން އެމްއެންޔޫގެ އަތޮޅުތެރޭ ކެމްޕަސްތަކުގައި ވެސް މި ފޯރަމް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެމްއެންޔޫއެސްޔޫއިން ބުނެއެވެ.
advertisment
ހިޔާލު