ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދޭ ސްކޮލަރޝިޕް 2025 ވަނަ އަހަރުގެ ފުރަތަމަ ޓާމުގައި 15 ދަރިވަރަކަށް ދީފިއެވެ. ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކުރުން އޮތީ މިއަދު އެ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޔުނިވަރސިޓީގެ ދަރިވަރުންގެ ސްކ ލަރޝިޕަކީ ޔުނިވަރސިޓީ ކައުންސިލުން އިން ތަޢާރުފުކ ށްފައިވ،ާ ތަޢުލީމު އިޙްތިފާލު ކުރުމާއި ތޫނުފިލިކަން ހުރެ މަތީ ފެންވަރަށް ކިޔެވުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގ ތުން ދެވޭ ސްކ ލަރޝިޕެކެވ.ެ ޔުނިވަރސިޓީ ސްކ ލަރޝިޕް ސްކީމް އަކީ ޔުނިވަރސިޓީ ކައުންސިލުން އިން ތަޢާރުފުކުރާ ސްކީމެކެވ.ެ މި ސްކ ލަރޝިޕް ސްކީމްގެ ޚަރަދު ހަމަޖައްސަނީ ޔުނިވަރސިޓީ އަށް ލިބޭ އާމްދަނީ އިންނެވެ.
ޝަހީދު އެވޯރޑަކީ 3 ނ ވެމްބަރ ،1988ގައި ޝަހީދުވި ޝަހީދުންގެ ޛިކުރާ އާކުރުމުގެ ގ ތުން ރައީސުލްޖުމްހޫރިއްޔާގެ އ ފީހުން 1999 ން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ 4 ފެކަލްޓީގައި ހިންގާ އެންމެ މަތީ ފެންވަރުގެ ކޯހުގެ ތެރެއިން ފުރަތަމަ ސެމެސްޓަރގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.
ސްކ ލަރޝިޕް ސްކީމްގައިވަނީ ތިންބާވަތެއްގެ ސްކޮލަރޝިޕްއެކެވެ. އެއީ ޓިއުޝަން ފީ ހިލޭ ކުރުމާއި (އަންޑަރގްރޭޖުއޭޓް އަދި ޕޯސްޓް ގްރޭޖުއޭޓް) އަންޑަރގްރޭޖުއޭޓް ފުލް ޝްކ ލަރޝިޕް އާއި ޕޯސްޓް ގްރޭޖުއޭޓް ފުލް ސްކ ލަރޝިޕް އެވެ. މީގެ އިތުރުން ޝަހީދު އެވޯޑް އެ ޔުނިވަރސިޓީގެ ހަތަރު ފެކަލްޓީއަކަށް އަމާޒުކޮށެވެ. އެއީ ސީއެމްއެސް، އެފްއީއެސްޓީ،އެފްއެޗްއޓީއެސް އަދި އެމްއެންޔޫ ބިޒްނަސް ސްކޫލެވެ.
ޓިއުޝަން ފީ ހިލޭ ކުރުމަކ،ީ ޔުނިވަރސިޓީއަށް ދަރިވަރުން ދައްކަންޖެހޭ ފީ އިސްތިސްނާ ކުރުމެވެ. ނަމަވެސް ދަރިވަރުންގެ ޔޫނިއަންއަށް ދައްކަން ޖެހޭ ފީއެއް އިސްތިސްނާއެއް ނުވާނެއެވ.ެ އަންޑަރގްރޭޖުއޭޓް ފުލް ޝްކ ލަރޝިޕް އާއި ޕޯސްޓްގްރޭޖުއޭޓް ފުލް ސްކ ލަރޝިޕްގައި ހިމެނެނީ ދަރިވަރުން ހަދަމުންދާ ކޯހުގެ ފުރިހަމަ މުއްދަތު ނިމެންދެން ފައިސާގެ އެލަވަންސް އެއް ދިނުމެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ދަރިވަރުންގެ ސްކޮލަރޝިޕް ސްކީމްގެ ދަށުން 2025 ވަނަ އަހަރުގެ ފުރަތަމަ ޓާރމްގައި އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް 3 ގިންތިއަކުން 24 ސްކޮލަރޝިޕަށް ފުރުޞަތު ހުޅުވާލިއެވެ. މި ސްކީމްގައި ހިމެނެނީ ޓިއުޝަން ފީ ހިލޭ ސްކ ލަރޝިޕާއި އަންޑަރގްރެޖުއޭޓް ސްކޮލަރޝިޕްގެ އިތުރުން ޕޯސްޓް ގްރެޖުއޭޓް ސްކޮލަރޝިޕެވެ.
ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލި 20 ފުރުޞަތަށް އެދި 61 ދަރިވަރުން ކުރިމަތިލިއެވެ. އަންޑަރގްރެޖުއޭޓް ފުލް ސްކ ލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލި 2 ފުރުޞަތަށް އެދި 49 ދަރިވަރުން ކުރިމަތިލިއިރު،
ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލި 2 ފުރުޞަތަށް އެދި ހުށައެޅި 12 ދަރިވަރުންނެވެ.
އެމްއެންޔޫއިން ބުނީ، ދަރިވަރުންގެ ސްކޮލަރޝިޕްގެ 3 ކެޓަގަރީއާއި ޝަހީދު އެވޯރޑުގެ ދަށުން މި ޓާރމުގައި 47 ދަރިވަރުން ކިޔަވަމުން ގެންދާ ކަމަށެވެ. އެއީ އަންޑަރގްރެޖުއޭޓް ފުލް ސްކޮލަރޝިޕުގެ ދަށުން ކިޔަވާ 2 ދަރިވަރުންނާއި ޕޯސްޓްގްރެޖުއޭޓް ފުލް ސްކޮލަރޝިޕުގެ ދަށުން ކިޔަވާ 2 ދަރިވަރުންނާއި އަންޑަރގްރެޖުއޭޓް ޓިއުޝަން ފީ ސްކ ލަރޝިޕުގެ ދަށުން ކިޔަވާ 9 ދަރިވަރުންނާއި . ޕޯސްޓްގްރެޖުއޭޓް ޓިއުޝަން ފީ ސްކ ލަރޝިޕުގެ ދަށުން ކިޔަވާ 2 ދަރިވަރުންނެވެ.


advertisment
ހިޔާލު