18 ރަށެއްގެ ސްކޫލްތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމަން އެޑިޔުކޭޝަން މިނިސްޓްރީން ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ. ސްކޫލްތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމަން ހަވާލުކުރި ސަރުކާރުގެ ތިން ކުންފުންޏަކާއެވެ. އެއީ ފެނެކަ ކޯޕަރޭޝަނާއި އެމްޓީސީސީއާއި އާރުޑީސީއެވެ.
އިއްޔެ، އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ. އަދި އާރްޑީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް އަލީ ޒުހައިރެވެ.
ފެނަކަ ކޯރޕަރޭޝަނާ ޙަވާލުކޮށްފައިވާ ރަށްތައް:
- ގއ. ކަނޑުހުޅުދޫ
• ހދ. ވައިކަރަދޫ
• ތ. ވޭމަންޑޫ
• ތ. އޮމަދޫ
• ށ. ފީވަށް
• ށ. ގޮއިދޫ
• ލ. ކުނަހަންދޫ
• ގއ. ކޮނޑޭ
• ފ. ބިލެއްދޫ
• ފ. ފީއަލީ
• ބ. ފުޅަދޫ
• ބ. ގޮއިދޫ
އެމްޓީސީސީއާ ޙަވާލުކޮށްފައިވާ ރަށްތައް:
- ރ. އުނގޫފާރު
• ހއ. އުލިގަމު
• ކ. މާފުށި
• ވ. ފުލިދޫ
އާރްޑީސީއާ ޙަވާލުކޮށްފައިވާ ރަށްތައް:
- ހއ. ފިއްލަދޫ
- ރ. ހުޅުދުއްފާރު


advertisment
ހިޔާލު