އޮފީސްތަކުގެ ޤުރުއާން މުބާރާތުގެ ކޮލެޖްތަކާއި ޔުނިވަރސިޓީ ތަކުގެ ބައިން އެއްވަނަ ޙުޞައިން ޝަހުބާންއާއި ނަސްރަތު އިސްމާޢީލް ހޯދައިފިއެވެ.
މި މުބާރާތުގެ ކޮލެޖްތަކާއި ޔުނިވަރސިޓީގެ ބައިން އެއްވަނަ ހޯދި ހުސައިން ބައިވެރިވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ފަރާތުންނެވެ. ނަސްރަތު ބައިވެރިވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުންނެވެ.
ކޮލެޖްތަކާއި ޔުނިވަރސިޓީ ތަކުގެ ބައިން ވަނަތައް ހޯދި ދަރިވަރުން:
1 ވަނަ ފިރިހެން ބައިވެރިޔާ, ޙުޞައިން ޝަހުބާން, ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން
1 ވަނަ އަންހެން ބައިވެރިޔާ, ނަސްރަތު އިސްމާޢީލް, ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
2 ވަނަ އަންހެން ބައިވެރިޔާ, ޢާއިޝަތު ޢިނާން ރަމްޒީ, ވިލާ ކޮލެޖް
2 ވަނަ ފިރިހެން ބައިވެރިޔާ, މުޙައްމަދު އަދީމް އާދަމް, ވިލާ ކޮލެޖް
3 ވަނަ އަންހެން ބައިވެރިޔާ, މަރްޔަމް އަފާފް މުޙައްމަދު, ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން
3 ވަނަ ފިރިހެން ބައިވެރިޔާ, އިބްރާހީމް ނަބީހް އިސްމާޢީލް, ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
3 ވަނަ ފިރިހެން ބައިވެރިޔާ, އަޙްމަދު ނަވީން އާދަމް, ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
މިއީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އޮފީސްތަކުގެ މެދުގައި ބާއްވާ ޤުރުއާން މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވަނީ އޮފީސްތަކާއި ކުންފުނިތަކުގެ އިތުރުން ޔުނިވަރސިޓީތަކާއި ކޮލެޖްތަކެވެ.
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ބެލުމުގެ ދަށުން މިއަހަރު ކުރިއަށް ގެންދިޔަ މި މުބާރާތުގައި 24 އޮފީހަކުން 94 ބައިވެރިން ވާދަކުރިއެވެ. ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ބައިން އެއްވަނަ ހޯދީ އައިޔޫއެމްއިންނެވެ.
advertisment
ހިޔާލު