ވިލާއިން ކިޔަވާ ދަރިވަރުންނަށް "ސަސްޓެއިނަބިލިޓީ" މޮޑިއުލެއް ތައާރަފުކޮށް، ކިޔަވައިދެނީ

"ސަސްޓެއިނަބިލިޓީ" މޮޑިއުލްގެ ނަމުގައި ދެމެހެއްޓެނިވި ތަރައްޤ އާ ގުޅޭ ޚާއްޞަ މޮޑިއުލެއް ވިލާ ކޮލެޖުގެ ހުރިހާ ދަރިވަރުންނަށް ތަޢާރަފުކޮށް، ކިޔަވައިދޭން ފަށައިފިއެވެ.

މޮ މޮޑިއުލް ކިޔަވައި ދެނީ،  ކޮލެޖްގެ ދަރިވަރުންނަކީ "ގްލޯބަލް ސިޓިޒެންސް" ކަމުގައި ހެދުމަށް އދ. ގެ ދެމެހެއްޓެނިވި ތަރައްޤީ ގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ކުރާ މަސައްކަތުގައި އެ ކޮލެޖުގެ ދަރިވަރުން ބައިވެރިކުރުމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމެއްގެ ތެރެއިންނެވެ. މިއީ ދަރިވަރުންގެ މެދުގައި ދެމެހެއްޓެނިވި ތަރައްޤ ގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެއް ކަމަށާއި އ.ދ. ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް އަށް ވާސިލްވުމަށް ކުރާ މަސައްކަތުގައި ވިލާ ކޮލެޖުން ކުރާ މަސައްކަތުގައި ދަރިވަރުން ބައިވެރިކުރުމަށް ކުރައްވާ މަސައްކަތެއް ކަމަށް ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވަނީ ވިދާޅުވެފައެވެ.

މެއި އިންޓޭގައި ފަށާ ކޯސްތަކުގެ މައުލޫމާތު ދެއްވަމުން ޑރ. އަލީ ނަޖީބު ވިދާޅުވި ގޮތުގައި، ވިލާ ކޮލެޖުގެ އެންމެ ބޮޑު ފޯކަސްއަކީ އެ ކޮލެޖުން ދަސްވެނިވާ ދަސްވެނީންނަކީ ޢިލްމާއި ހުނަރުގެ ގޮތުން އަދި މަސައްކަތުގެ އަޚްލާގުގެ މިންގަޑުން ދުނިޔޭގެ ވަޒީފާގެ ބާޒާރަށް ޤާބިލް ބަޔަކަށް ހެދުމެވެ. ކިޔަވައި ދިނުމުގެ އެކި އެކި މަރުހަލާތަކުގައި ދަރިވަރުންނާއި އިންޑަސްޓްރ އާއި ގުޅުވާލަދީ، އިންޑަސްޓްރ އެކްސްޕޯޝަރ ލިބޭނެ އިންތިޒާމް ހުރިހާ ޕްރޮގްރާމެއްގައި ވެސް ހިމެނިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޑރ، ނަޖީބު ވިދާޅުވީ، ދަރިވަރުންގެ އިސްނެގުމާއި އެކު ވިލާ ކޮލެޖްގައި ހިންގޭ ބައެއް ހަރަކާތްތަކުގެ ތެރޭގައި އަހަރު ތެރެއަށް ބަހާލައިގެން ހިލޭ ހިންގާ "ލޯ ކްލިނިކް"އާއި މެންޓަލް ހެލްތް އެސެސްމެންޓްސް" ހެލްތް ސްކްރ ނިންގ ފަދަ ޕްރޮގްރާމްތައް ހިމެނޭ ކަމަށެވެ.

ޑރ. ނަޖީބު ވިދާޅުވީ، ދުނިޔޭގެ ޓެކްނޮލޮޖ އަދި ތަޢުލީމީ ނިޒާމަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ވިލާ ކޮލެޖުގެ ކިޔަވައިދިނުން ތަރައްޤީ ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށާއި، މި ގޮތުން ކިޔަވައިދިމުގައި ޓެކްނޮލޮޖީގެ ބޭނުން ހިފަމުންދާ ކަމަށެވެ. މިހާރު ވެސް ވިލާ ކޮލެޖުގައި އޮގްމެންޓެޑް ރިއަލިޓީ ، ވަރޗުއަލް ރިއަލިޓީ އަދި އެކްސްޓެންޑެޑް ރިއަލިޓ ފަދަ ޒަމާނީ ވަސީ ލަތްތައް ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ކަމަށެއެވެ. މިހާރުވެސް ވިލާ ކޮލެޖުގައި ހިންގާ އެކިއެކި ދާއިރާތަކުގެ ޕްރޮގްރާމަތަކަށް ޚާއްސަކޮށްގެން 11 ލެބް ޤާއިމް ކުރެވިފައިވާކަން ޑރ. ނަޖީބު ވަނީ ފާހަގަ ކުރައްވާފައެވެ.

ވިލާކޮޖެގައި ދަރިވަރުންނަށް ކިޔަވަދިނުމުގެ އިތުރަށް ސިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑު އަހަމިއްޔަތެއް ދެއްވާ ކަމަށާއި މިގޮތުން ދަރިވަރުންގެ ބޭނުންތަކަށް ޖިމްއަކާއި އަދި ހުސް ގަޑިތަކުގައި ކެމްޕަސް ތެރޭގައި އެހެނިހެން ކުޅިވަރު ކުޅެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ. މިއާއި އެކު ވިލާ ކޮލެޖުގެ ދަށުން ހިންގާ ވިލާ ކެއަރ ކައުންސެލިންގ އެންޑް ސައިކޯ ތެރަޕ ސެންޓަރ މެދުވެރިކޮށް ދަރިވަރުންނަށް މެންޓަލް ހެލްތް ސަޕޯޓްވެސް ލިބިގެންދާނެއެވެ. އަދި ކިޔެވުމުގައި އިތުރު ސަޕޯޓް ބޭނުންވާ ދަރިވަރުންނަށް ފުޅާ ދާއިރާއެއްގައި އެކަޑެމިކް ސަޕޯޓް ދެވޭނެ ނިޒާމެއް ވެސް ވަނ ޤާއިމް ކުރެވިފައެވެ. އަދި މީގެ އިތުރުން ކެރިއަރ ގައިޑެންސް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދިލެއްވުމުން އެ ޚިދުމަތްވެސް ފޯރޮކޮސް ދެވޭނެއެވެ.

ވިލާ ކޮލެޖުން އިއުލާން ކޮށްފައިވާ ގޮތުގައި އަންނަ މެއި އިންޓޭކުގައި 171 ކޯހެއް އެ ކޮލެޖުން ހިންގާނެއެވެ. ކޯސްތަކަށް ވަނުމުގެ އެންމެ ފަހުގެ ތާރީޚަކީ 19 އެޕްރީލްއެވެ.

ވިލާ ކޮލެޖަކީ، އެންމެ ފުޅާދާއިރާއެއްގައި ދުނިޔޭގެ ޔުނިވަރސިޓ ތަކުގެ ފެންވަރު ވަޒަން ކުރާ އެއް ސިސްޓަމް ކަމަށްވާ ކިއު.އެސް ރޭޓިންގްގައި އެކްސެލެންސަށް ރޭޓް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި އިންސްޓިޓިއުޓެވެ. މިގޮތުން ވިލާ ކޮލެޖުވަނީ ކިއު އެސް ސްޓަރ ރޭޓިންގައި 3 ދާއިރާއަކުން 5 ތަރީގެ ދަރަޖައިގައި ރޭޓް ކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޕްލޯޔަބިލިޓީއާއި އޮންލައިން ލާރނިން އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *