ގިނަ ކޯސްތަކެއް އޮންލައިންކޮށް، މެއި އިންޓޭކަށް ވިލާކޮލެޖުން ހުޅުވާލައިފި

ގިނަ ކޯސްތަކެއްގައި އޮންލައިންކޮށް ކިޔެވޭނެ ގޮތް ހަދައި، މި އަހަރުގެ މެއި އިންޓޭކަށް ވިލާ ކޮލެޖުން ކިޔެވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މެއި އިންޓޭކުގައި ކުރިއަށް ގެންދާ ހަތް ލެވެލްއެއްގެ 171 ކޯހަށް ވަނުމުގެ ފުރުޞަތު އެ ކޮލެޖުން މިއަދު ހުޅުވާލިއެވެ. ކޯސްތަކަށް ފޯމް ހުށަހެޅޭނީ 19 އޭޕްރީލް ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

މެއި އިންޓޭކްގައި ވިލާ ކޮލެޖުން ހިންގާ ކޯސްތައް:

  • މާސްޓަރސް ފެންވަރުގެ 30 ކޯހެއް.
  • ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 27 ކޯހެއް.
  • ޑިގްރ ފެންވަރުގެ 51 ކޯހެއް.
  • ޑިޕްލޮމާ ފެންވަރުގެ 54 ކޯހެއް.
  • ފައުންޑޭޝަން ފެންވަރުގެ 17 ކޯހެއް.
  • ސެޓްފިކެޓް 3 ފެންވަރުގެ 18 ކޯހެއް.
  • ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯސް

މެއި އިންޓޭކްގައި ވިލާ ކޮލެޖުން ފަށާ ކޯސްތަކުގެ ތެރޭގައި، އިންފޮރމޭޝަން ޓެކްނޮލޮޖީއާއި ކޮމްޕިއުޓަރ ސައިންސް ޓީޗިންގ، އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަންއާއި އާރލ ޗައިލްޑްހުޑް އެޑިއުކޭޝަންއާއި ޕްރައިމަރީ ގުރޭޑްތަކަށް ބޭނުންވާ އިސްލާމްއާއި ޤުރްއާނާއި ދިވެހި ޓީޗަރުން ތަމްރީނު ކުރުން ހިމެނެއެވެ. އަދި ސެކަންޑްރީ ގުރޭޑްތަކަށް އިނގިރޭސިއާއި ބިޒްނަސް މާއްދާތަކާއި ސައިންސް މާއްދާތަކަށް ޚާއްޞަ ޓީޗަރުން ތަމްރީނު ކުރުން ހިމެނެއެވެ. ޝަރީއާ އެންޑް ލޯއާއި ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީއާއި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއާއި އޭވިއޭޝަން މެނޭޖްމެންޓާއި އިންޓަނޭޝަނަލް ބިޒްނަސްއާއި އިކޮނޮމިކްސްއާއި މާކެޓިންގއާއި އެކައުންޓިންގ އެންޑް ފައިނޭންސާއި ބޭންކިންގ އެންޑް ފައިނޭންސްއާއި ހިއުމަން ރިސޯސް ފަދަ ދާއިރާތައް ހިމެނެއެވެ.

އިންޖިނިއަރިންގ ދާއިރާގެ ކޯސްތަކުގެ ތެރޭގައި، މެކޭނިކަލް އިންޖިނިއަރިންގއާއި އިލެކްޓްރިކަލް އިންޖިނިއަރިންގއާއި މެކަޓްރޯނިކްސްއާއި ސިވިލް އިންޖިނިއަރިންގ ރިސާރޗް ސްޓަޑީޒް ހިމެނެއެވެ.

ނަރސިންގއާއި ޕަބްލިކް ހެލްތާއި އިންޓީރިއަރ އާކިޓެކްޗަރ އެންޑް ޑިޒައިންއާއި ހެލްތް ސަރވިސަސް މެނޭޖްމަންޓާއި ޕްރޮޖެކްޓް މެނޭޖްމަންޓާއި މާސް ކޮމިއުނިކޭޝަންއާއި ސައިކޮލޮޖީއާއި ކައުންސެލިންއާއި ޑާޓާ ސައިންސާއި އަދި ކަލިނަރ އާރޓްސްގެ ދާއިރާއިން ސެޓްފިކެޓް ލެވެލް އިން މާސްޓަރސް ލެވެލްއަށް ޕްރޮގްރާމްތައް ވެސް މެއި އިންޓޭކްގައި ކުރިއަށް ގެންދެއެވެ.  މިކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި ޔުނިވަރސިޓ އޮފް ދި ވެސްޓް އޮފް އިންގްލޭންޑާއި މެލޭޝިއާގެ ޔުނިވަރސިޓ އޮފް ސައިބަރޖާޔާ އަދި ޓޭލަރސް ޔުނިވަރސިޓ ގެ ޕްރޮގްރާމްތައް ހިމެނެއެވެ. ވިލާ ކޮލެޖުގެ އިންޖިނިއަރިންގ ޕްރޮގްރާމްތަކަކ އިނގިރޭސިވިލާތުގެ ޕޯރޓްސްމޯތް ޔުނިވާރސ ޓ އިން ވެލިޑޭޓް ކުރެވިފައިވާ ޕްރޮގްރާމްތަކެކެވެ.

ވިލާ ކޮލެޖުން ބުނީ، ވެލިޑޭޝަންގެ ދަށުން ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންގެ ތެރެއިން ޕޯރޓްސްމޯތް ޔުނިވާރސިޓީ އަށްގޮސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ޔުނިވަރސިޓ ގެ ޑިގްރ ގެ ފަހު އަހަރުގައި ބައިވެރިވެވޭނެއެވެ. ދެ އަހަރު ނިންމާ ދަރިވަރުންނަށް އެ ޔުނިވަރސިޓ ގެ 3 ވަނަ އަހަރުގައި ބައިވެރިވެވޭނެއެވެ. އަދި މާސްޓަރ އޮފް ކްލިނިކަލް ސައިކޮލޮޖ ޕްރޮގްރާމަކ މެލޭޝިއާގެ ސައިބަރޖާޔާ ޔުނިވަރސިޓ ގެ ޕްރޮގްރާމެކެވެ. މާސްކޮމިއުނިކޭޝަންއާއި ކަލިނަރ މެނޭޖްމަންޓް އަދި ހޮސްޕިޓަލިޓ މެނޭޖްމަންޓް ގެ ދާއިރާއިން ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ޓެއިލަރސް ޔުނިވަރސިޓ ގެ ޕްރޮގްރާމްތައް ހިމެނިފައިވާއިރު، ޔުނިވަސިޓ އޮފް ދި ވެސްޓް އޮފް އިންގްލޭންޑްގެ ޑިގްރ ފެންވަރާއި މާސްޓަރސް ފެންވަރުގެ 15 ޕްރޮގްރާމް ހިމެނިފައިވެއެވެ.

މެއި މަހު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ވިލާކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތެރެއިން އިންޖިނިއަރިންގ، ޓީޗިންގ، ނާރސިންގ އަދި ފާރމަސ ދާއިރާގެ ކޯސްތައް ފިޔަވާ ހުރިހާ ކޯހެއްވެސް އޮންލައިންކޮށް ހެދުމުގެ ފުރުސަތުވެސް ވަނ ހުޅުވާލެވިފައެވެ.

ވިލާ ކޮލެޖުގެ ކޯސްތައް މާލޭގައި ހުންނަ ކިޔުއައި ކެމްޕަހުގެ އިތުރުން ވިލާކޮލެޖް ނައިފަރު ކެމްޕަހާއި ވިލާކޮލެޖް ގަން ކެމްޕަހުގެ އިތުރުން ވިލާކޮލެޖް މަހިބަދޫ ކެމްޕަހައި ވިލާކޮލެޖް އައްޑޫ ސޓީ ހިތަދޫ ކެމްޕަހާއި ވިލާކޮލެޖް ކުޅުދުއްފުށ ކެމްޕަހުގައި ވެސް މި ޕްރޮގްރާމްތައް ކުރިއަށް ދާނެއެވެ.

ކޯސްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ވިލާ ކޮލެޖުގައި މިއަދު ބޭއްވުނު ނޫސް ކޮންފަރެންސްގައި މަޢުލޫމާތުދެއްވަމުން ވިލާ ކޮލެޖުގެ ވައިސްރެކްޓަރ ޑރ. އަލ ނަޖީބު ވިދާޅުވިގޮތުގައި އެ ކޮލެޖުގެ އެންމެ ބޮޑު ފޯކަސްއަކ ވިލާކޮލެޖުން ނިކުންނަ ގްރެޖުއޭޓުންނަކ ޢިލްމީ ގޮތުން ހުނަރުގެ ގޮތުން އަދި މަސައްކަތުގެ އަޚްލާގ މިންގަޑުން ބެލިކަމުގައި ވިޔަސް ދުނިޔޭގެ ވަޒ ފާގެ ބާޒާރަށް ޤާބިލް ބަޔަކަށް ހެދުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *