ހިރިޔާ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ހިރިޔާ ސްކޫލުގެ ޕްރިންސިލް ރިންޒީ ވަހީދު ބަދަލުކުރެއްވީ އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށެވެ. ޕްރިންސިޕަލަކު ހަމަޖައްސަން ހިރިޔާ ސްކޫލް ހިންގެވުން ވަގުތީ ގޮތުން ބަލަހައްޓަމުން ގެންދަނީ ރިންޒީއެވެ.
ހިރިޔާ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އިއުލާން ކުރީ އިއްޔެއެވެ. އެ އިއުލާނުގެ މުއްދަތު ހަމަވާނީ މިމަހުގެ 10 ވަނަ ދުވަހުގެ 13:30އަށެވެ.
އެއްވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ ޝަރުޠަކީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ. ނުވަތަ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުމެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
ދެވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ ޝަރުޠަކީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
ނުވަތަ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
އެއް ވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ އަސާސީ މުސާރައަކީ 16،647 ރުފިޔާއެވެ. މީގެ އިތުރުން އެލަވަންސްގެ ގޮތުގައި 9،534 ރުފިޔާއާއި ހާޒިރީ އެލަވަންސްގެ ގޮތުގައި ނުކުންނަވާ ކޮންމެ ދުވަހަކަށް 258 ރުފިޔާ ލިބެއެވެ.
ދެ ވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ އަސާސީ މުސާރައަކީ 16،985 ރުފިޔާއެވެ. މީގެ އިތުރުން އެލަވަންސްގެ ގޮތުގައި 10،300 ރުފިޔާއާއި ހާޒިރީ އެލަވަންސްގެ ގޮތުގައި ނުކުންނަވާ ކޮންމެ ދުވަހަކަށް 279 ރުފިޔާ ލިބެއެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތަކުގެ ތެރެއިން އެންމެ ގިނަ މާސް ދެނީ އިންޓަވިއުއަށާއި މަޤާމުގެ ޝަރުޠު ތަކަށެވެ. ދެން ބަލަނީ ޕްރެކްޓިކަލްއަށެވެ. ކިޔަވައިދިނުމުގެ ތަޖުރިބާއާއި ހިންގުމުގެ ތަޖުރިބާއަށް ވެސް ބަލައެވެ.
advertisment
ހިޔާލު