މި އަހަރުގެ ދަރިވަރުންގެ އިޙްޔާ ފޯރަމްގައި 6 ސްކޫލެއް

މި އަހަރުގެ ދަރިވަރުންގެ އިޙްޔާ ފޯރަމްގައި ހަ ސްކޫލަކުން ބައިވެރިވެއްޖެއެވެ.

ދަރިވަރުންގެ އިޙްޔާ ފޯރަން ފެށީ ރޭ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިންނެވެ. އެ ސްކޫލުން ރޭ ހުށަހަޅައިދިން މައުޟޫޢަކީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމާ ބެހޭ ގޮތުންނެވެ. އެ ސްކޫލުގެ އިތުރުން ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން މާލެ އާއި ހުޅުމާލެއާއި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ވިލާ އިންޓަރނޭޝާނަލް ހައި ސްކޫލާއި ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލުން ބައިވެރިފެފައިވެއެވެ.

ދަރިވަރުންގެ އިޙްޔާ ފޯރަމަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި މާލެ ސަރަޙައްދުގެ މަތީޘާނަވީ ސްކޫލްތަކުގެ ދަރިވަރުންނާއެކު، އެދަރިވަރުން ހުށަހަޅައިދޭ ގޮތަށް ބާއްވާ ފޯރަމެކެވެ. މިޕްރޮގުރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މަތީޘާނަވީ ސްކޫލްތަކުގެ ދަރިވަރުން މައުޟޫޢުތަކަށް ތައްޔާރުވެ، ހުށަހަޅާ ޕްރޮގުރާމެއްގެ ގޮތުގައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *