މާލޭގައި، ދެވަނަ ބުކްޝޮޕެއް ރާދައިން ހުޅުވައިފި

މާލޭގައި، ދެވަނަ ބުކްޞޮޕެއް ރާދައިން ހުޅުވައިފިއެވެ. އަލަށް ހުޅުވި ބުކްޝޮޕް ހުންނަނީ ޖަލާލުއްދީން މިސްކިތްކައިރި، ޗާންދަނީ މަގު ނިމޭތާ، އިސްކަންދަރު މަގުގައެވެ.

މިއީ މާލެ ސަރަހައްދުގައި ރާދައިން ހުޅުވީ ފަސްވަނަ ބުކްޝޮޕެވެ. މީގެ އިތުރުން ފުވައްމުލަކުގައި ވެސް ރާދައިން އަންނަނީ ބުކްޝޮޕެއް ހިންގަމުންނެވެ.

ރާދައިން ބުނީ، ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ހުރިހާ ސާމާނެއް އަލަށް ހުޅުވި ބުކްޝޮޕުން ވެސް ލިބެން ހުންނާނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބުކްޝޮޕެއްގެ ޚިދުމަތް ރާދައިން ދެމުން ގެންދާއިރު، ސްކޫލް ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރު ކުރި އެއް ތަނަކީ ވެސް ރާދައެވެ. ރާދައިން ބުނީ، ސްކޫލް ސީޒަން މިހާރު ފެށިފައިވާއިރު، ދަރިވަރުންނަށް ބޭނުންވާ ހުރިހާ ސާމާނެއް ދަތިކަމެއް ނެތި ރާދަބުކުޝޮޕްތަކުން ލިބެން ހުންނާނެ ކަމަށެވެ.

ރާދައިން ވަނީ، ސްކޫލްސީޒަނަށް އާމަޒުކޮށް ސްޓޭޝަނަރީޒްއާއި ތަފާތު ވައްތަރުގެ ފޮތް ބާޒާރަށް ނެރެފައެވެ.

"ސްކޫލް ދަރިވަރުންނަށް ބޭނުންވާ ހުރިހާ ސާމާނެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒު. އިރާދަކުރެއްވިއްޔާ ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް އެކަން ފުރިހަމަކޮށްދޭނަން" ރާދަ ބުކުޝޮޕުން ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *