މަކީނާ ޤުރުޢާން ފެސްޓިވަލަކީ 2022 ވަނައަހަރުން ފެށިގެން ސްކިލް ޓްރެއިނިންގް ސެންޓަރ އިން އިންތިޒާންކޮށްގެން ހިންގޭ ޤުރުއާން ފެސްޓިވަލެކެވެ.
ސްކިލް ޓްރެއިނިނގް ސެންޓަރ އަކީ ދަރިވަރުންގެ ހުނަރުތައް ތަރައްޤީކުރުމަށާއި ހިތްވަރުދިނުމުގެ ގޮތުން 2012 ވަަ އަހަރުން ފެށިގެން ހިންގާ ސެންޓަރެކެވެ.
މި ފެސްޓިވަލްގެ މަޤްޞަދަކީ ތުއްތުކުދިންގެ ހިތްތަކުގައި ޤުރުޢާނަށް ލޯބިޖެއްސުމެވެ. އަދި ބަރަކާތްތެރި ރަމަޟާން މަހުގައި ގިނައިން ޤުރުޢާން ކިޔެވުމަށް އަދި އަޑުއެހުމަށް ހިތްވަރުދިނުމެވެ.
މިއަހަރުގެ ފެސްޓިވަލްގައި 300 ކުދިންވަނީ ބައިވެރިވެފައެވެ. ދުވާލަކަށް 10 ކުދިންގެ ޤުރުޢާން ކިޔެވުން ސްކިލް ޓްރެއިނިންގް ސެންޓަރގެ ފޭސްބުކް، ޔޫޓިއުބް އަދި އިންސްޓަގްރާމް އިން ފެނިގެންދާނެއެވެ. މި ފެސްޓިވަލްގައި ސްކިލް ޓްރެއިނިންގް ސެންޓަރގެ އޮންލައިން ކިލާސްތަކުގެ ކުދިންގެ އިތުރުން އާންމުކޮށް އެހެންކުދިންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލިއެވެ.
ކުޑަދުވަސްކޮޅެއްގެ ތެރޭގައި 300 އަށްވުރެ ގިނަ ކުދިން ވަނީ ފޯމު ފުރާފައި ވެއެވެ.
މިފެސްޓިވަލް ޚާއްޞަ ކުރެވިފައިވަނީ ސްކިލް ޓްރެއިނިންގް ސެންޓަރގެ ފައުންޑަރ އަލްފާޟިލާ ދިމްނާ ފާކިރުގެ މަންމަ އަލްމަރްހޫމާ މަރިޔަމް މަކީނާ ޢަލީ އަށާއި ދަރިފުޅު މަކީނާ ނައުޝީން ޢަލީ އަށެވެ.
މި ފުރުޞަތުގައި ސްކޫލްތަކާއި ބެލެނިވެރިންގެ އެއްބާރުލުން ޝުކުރުވެރިކަމާއެކު ސްކިލް ސެންޓަރުން ބަލައިގަނެއެވެ.
ހިޔާލު