ސެކަންޑް ލެންގުއޭޖްގެ ގޮތުގައި، އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދި މުޙައްމަދު ޝިޒާން އިސްމާއިލް ކަނޑުހުޅުދޫ ސްކޫލުން ވެސް އެއްވަނަ ހޯދައިފިއެވެ.
2023-2024 ވަނަ އަހަރު ކަނޑުހުޅުދޫ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ މިނިސްޓްރީ އޕފް އެޑިޔުޔޭޝަންގެ ސްކޫލް އެޑިޓްމިނިސްޓްރޭޝަން ހިންގުމާ ހަވާލުވެ ހުންނެވި އަލީ މުފީދެވެ.
އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދި ޝިޒާން ވަނީ، ފާއިތުވި އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގެ އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދާ، މިހާތަނަށް އެ ސްކޫލުން ހޯދި އެންމެ ރަނގަޅު ނަތީޖާ ހޯދާފައެވެ. ދުނިޔޭގެ ފެންވަރުގެ ވަނައެއް ހޯދި ފުރަތަމަ ދަރިވަރަކީ ވެސް އޭނާއެވެ.

އޯލެވެލްގައި ސިޒާން ދިޔައީ ޤައުމީ ގަދަ ދިހައެއްގެ ދެ ވަނައަށެވެ.
ޝިޒާނަށް ލިބުނީ ހަތް އޭ ސްޓަރ އާއި އެއް އޭ ލިބިގެން އޯލެވެލްގެ ގަދަ ދިހައެއްގެ ދެވަނައެވެ. ގަދަ ދިހައެއްގެ އެއްވަނައަށް ނޭރުނީ ދިވެހިން އޭ އެއް ލިބުމުންނެވެ.

ދަރިވަރު ނޫހަށް މީގެ ކުރިން ދިން ބަސްދީގަތުމެއްގައި ޝިޒާން ބުނެފައިވާ ގޮތުގައި، ކިޔަވާހިތްވާ ދަރިވަރަކު ކިޔަވަން ވަކި ތަނެއް ނެތް ކަމަށާއި އޭނާގެ ނަތީޖާއިން ސާބިތުކޮށް ދެވުނީ އަޒުމަކާއެކު މަސައްކަތްކޮށް ހިތްވަރު ކުރެވިއްޖެނަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެ ކަމެވެ.

ޝިޒާން ބުނީ، ފިލާވަޅު ދަސްކުރަން އޭނާ ގެންގުޅުނު ފޯމިއުލާއަކީ ފިލާވަޅުތަކާއި މުދައްރިސުންދޭ ނޯޓްސްތައް ފަހުމުވާ ވަރަށް ކިޔައިގެން ދަސްކުރުން ކަމަށާއި ފަހުން ރިކޯލް ކުރެވޭ ވަރަށް، ފިލާވަޅުތަކުގެ ތެރެއަށް ވަދެވޭ ވަރަށް ފަރިތަކުރާ ކުރުން ކަމަށެވެ. އަދި އާބާދީ މަދު ސްކޫލްތަކުގައި ކިޔަވަން މާ ފަސޭހަ ކަމަށާއި ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ލިބޭ އެޓެންޝަން މާ ބޮޑުކަމަށް، ވިލާ އިންޓަރނޭޝާނަލް ހައި ސްކޫލުން އޭލެވެލް ހަދަމުންދާ ޝިޒާން ބުންޏެވެ.


advertisment
ހިޔާލު