އެމްއެންޔޫގެ ފިޝަރީޒް ކޮލެޖުގެ އައުޓްރީޗް ސެންޓަރެއް އަޅަން ކޮލަމާފުށިން 15،000 އަކަފޫޓް ބިން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފިޝަރީޒް ކޮލެޖުގެ އައުޓްރީ ޗް ސެންޓަރެއް އަޅަން ކޮލަމާފުށިން 15،000 އަކަފޫޓް ބިން ހަމަޖައްސައިފިއެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބިން ހަމަޖެއްސުމުގެ އެއްބަސްބުމުގައި ގއ.ކޮލަމާފުށީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، އެ ކައުންސިލުގެ ރައީސް އިބްރާހީމް ވަޙީދެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ.

އެމްއެންޔޫއިން ބުނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ކޮލަމާފުށީ ކައުންސިލާ ދެމެދު ގިނަ މަޝްވަރާ ތަކަކަށްފަހު ވެގެންދާ މި އެއްބަސްވުމުގެ ސަބަބުން ކޮލަމާފުށީގެ ބިނާވެގެންދާ ފިޝަރީޒް ކޮލެޖުގެ އައުޓްރިޗް ސެންޓަރ ވެގެންދާނީ ކޮލަމާފުށްޓަށާއި މުޅި ހުވަދޫއަށް ކުރިއެރުން ގެނުވައިދޭނެ ބޮޑު މަޝްރޫއަކަށެވެ.

15،000 އަކަފޫޓުގައި ޤާއިމު ކުރާ އައުޓްރީޗް ސެންޓަރުން ދިރާސާތައް ކުރެވި ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ލިބި، އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށާއި މި މަޝްރޫއެގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަދި ތިމާވެށީގެ ގޮތުން ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް

ލިބި ކޮލަމާފުށި އަދި މުޅި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުން ތަކެއްލިބިގެންދާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި ރަސްމިއްޔާތުގައި ކޮލަމާފުށީ ކައުންސިލުގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވީ، އެމްއެންޔޫގެ އައުޓްރީޗް ސެންޓަރަކީ އެ ރަށަށް ވަރަށް މުހިންމު ސެންޓަރަކަށް ވާނެ ކަމަށާއި އެތަން ވެގެން ދާނީ މަސްވެރިކަމާއި ކަނޑާއި ތިމާވެށީގެ ރޮނގުން ދިރާސާ ކުރާ ފަރާތްތަކަށް ހުޅިވިގެން ދާނެ މުހިންމު ފުރުޞަތަކަށެވެ.

މި ސެންޓަރުގެ ޤާއިމް  ކުރުމުގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *