މަތީ ތަޢުލީމަށް ޑިޓިޓަލް ބޮޑު ބަދަލެއް ގެނުވައިދޭނެ ޑިޖިޓް އޭޝިއާ ޕްރޮޖެކްޓް ރާއްޖޭގައި މިއަދު ލޯންޗް ކޮށްފިއެވެ. މި ޕްރޮޖެކްޓް ރާއްޖޭގައި ލޯންޗް ކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މަތީ ތަޢުލީމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.
ޑިޖިޓް އޭޝިއާ ޕްރޮޖެކްޓްގައި ރާއްޖެއާއި ކްރޮއޭޝިއާއާއި ސްރީލަންކާއާއި ސްޕެއިން އަދި މެލޭޝިއާގައި މަތީ ތަޢުލީމު ފޯރުކޮށްދޭ ނުވަ އިންސްޓިޓިއުޝަންތަކުން ބައިވެރިވެއެވެ. ރާއްޖެއިން ބައިވެރިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީގެ އިތުރުން ވިލާ ކޮލެޖެވެ.

ޔޫރަޕިއަން ޔޫނިއަންގެ އެރަސްމަސް ޕްލަސް ޕްރޮގްރާމްގެ މާލީ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ތިން އަހަރު ދުވަހުގެ މި ޕްރޮޖެކްޓްގެ އަމާޒަކީ މަތީ ތައުލީމު ދޭ ތަންތަނުގައި ޑިޖިޓަލް ތައުލީމު ފުޅާކުރުމެވެ. މި ޕްރޮޖެކްޓްގައި ބައިވެރިވާ ނުވަ ޔުނިވާސިޓީތައް އެއްތަނަކަށް ގެނެސް، އެޑިއުކޭޝަން 5.0 އެޑޮޕްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އަދި ޑިޖިޓަލް ހުނަރުތައް އެޑިއުކޭޓަރުންނަށް ފޯރުކޮށްދީ، ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ތައުލީމީ ވެށީގައި ދަރިވަރުންގެ ބޭނުންތައް ފުއްދައިދީ އިންކްލޫސިވް، އިފެކްޓިވް އަދި އެކްސެސިބަލް ކޯސްތައް ތަރައްޤީ ކުރުމެވެ.
މި ޕްރޮޖެކްޓް ރަސްމީކޮށް ލޯންޗް ކުރީ މިދިޔަ މަހު ސްރީލަންކާގައެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި، އެރަސްމަސް ޕްލަސް ކެޕޭސިޓީ ބިލްޑިންގ އިން ހަޔަރ އެޑިޔުކޭޝަން އޮނިގަނޑުގެ ދަށުން ފެށިފައިވާ މި މަޝްރޫޢުގެ ސަބަބުން ޝާމިލ،ު ފަސޭހައިން ލިބެންހުންނ،ަ އަދި ފެންވަރު ރަނގަޅު އުނގެނުމުގެ ތަޖުރިބާތައް ދަރިވަރުންނަށް ކަށަވަރުކޮށްދިނުމަށް ބޭނުންވާ އީޖާދީ ގޮތްތަކަށް ކޯސްތައް ފަރުމާކުރާނެއެވެ. މިގޮތުން ޑިޖިޓްއޭޝިއާ މަޝްރޫޢު އަމާޒު ހިފައިފައިވަނީ ސުމޭކު ފަންނިއްޔާތު ބޭނުންކޮށްގެން މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތައް ނިޒާމީ ގޮތެއްގައި ބަދަލުވުމުގެ ބޭނުންތެރިކަން އަންގައިދިނުމަށާއ،ި ޖޯގުރަފީގެ ގޮތުން ވަކިވަކިން އޮންނަ ސަރަޙައްދުތަކުގައި ޑިޖިޓަލް ވަސީލަތްތަކުގެ ތަފާތު ކުޑަކުރުމަށާއ،ި އަދި ދަރިވަރުން ސިނާޢީ 5.0 އަދި މުޖުތަމަޢު 5.0 އަށް ތައްޔާރުކުރުން ފަދަ މުހިންމު ކަންކަމަށެވެ.

މި މަޝްރޫޢުގައި ހިމެނެނީ ހަތަރު މަޤްޞަދެވ.ެ އެއީ ދަރިވަރުންނަށް ބަރޯސާވެގެން ތައްޔާރު ކުރެވޭ ހައިބްރިޑް ކޯސްތައް ފަރުމާކުރުމާއ،ި ސުމޭކު އުފެއްދުންތެރިކަމާ އެކު އުނގެނުން ފަހިކޮށްދޭނެ ގޮތްތަކަށް އެހީތެރިވާނޭ ޓޫލްކިޓެއް
ތައްޔާރުކުމާއ،ި ސުމޭކު އުފެއްދުންތެރިކަމާ އެކު އީޖާދީ ގޮތްތަކާ އެކު އަލުން ފަރުމާކޮށް އެކުލަވާލެވޭ ކޯސްތައް ޕައިލެޓްކުރުމާއި ބައިވެރިވާ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމާއި ސަރަޙައްދީ އެއްބާރުލުން ކުރިއެރުވުމެވ.ެ
ތިން އަހަރު ދުވަހަށް ކުރިއަށްދާ މި މަޝްރޫޢަކީ ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ މަޝްރޫޢެކެވ.ެ މިގޮތުން މިއީ ދުނިޔޭގެ ހުޅަގާއި ދެކުނު ގުޅުވައިދޭ މަޝްރޫއަކަށް ވެގެންދާނެއެވ.ެ އަދި ތަފާތު ޤައުމުތަކެއް ގުޅިގެން އެކުގައި ކުރެވޭ
ވަރަށް މުޙިއްމު އަދި ޚާއްޞަ ޕާރޓްނަރޝިޕް މަސައްކަތްތަކަކަށް ވެގެންދާނެއެވ.ެ މި މަޝްރޫޢުގައި ، އޭޝިއާގެ ޤައުމުތައް ކަމުގައިވާ ދިވެހިރާއްޖ،ެ ސްރީލަންކާ އަދި މެލޭޝިއާއާ އެކު ޔޫރަޕްގެ ތަޖުރިބާކާރުން ކަމަށް ވާ ސްޕެއިނާއި ކްރޮއޭޝިއާގެ ދެ
ޔުނިވަރސިޓީ އަކުން މަސައްކަތްކުރެއެވެ.

މި މަޝްރޫޢުގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކ،ީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ އިސް ތިން މަރުކަޒު ކަމުގައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއ،ި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ވިލާ ކޮލެޖް އެކުގައި
މަސައްކަތްކުރުމަށް މަގުފަހިވެގެން ދިއުމެވެ. އަދި މިފަރާތްތަކުން ގުޅިގެން އެކުގައ،ި ދިވެހިރާއްޖޭގެ މަތީ ތަޢުލީމަށް އިންގިލާބީހެޔޮ އަދާހަމަ ބަދަލުތަކެއް ގެނެވިގެންދާނެއެވެ.
މި ޕްރޮޖެކްޓްގެ ބައިވެރިންނަކ:ީ
– ފެކަލްޓީ އޮފް އޯރގަނިޒޭޝަން އެންޑް އިންފޮރމެޓިކްސ،ް ޔުނިވަރސިޓީ އޮފް ޒަގްރެބ،ް ކްރޮއޭޝިޔާ
– އޯޕަން ޔުނިވަރސިޓީ އޮފް ކެޓަލޯނިއ،ާ ބާސެލޯނ،ާ ސްޕެއިން
– އެސ.ްއެލ.ްޓ.ީސީ ރީސަރޗް ޔުނިވަރސިޓ،ީ ޔުނިވަރސިޓީ ޕަޑުއްކ،ާ ސްރީލަންކާ
– ޔުނިވަރސިޓީ އޮފް ޕެރެދެނިޔ،ާ ސްރީލަންކާ
– ޔުނިވަރސިޓީ ކެބަނގްސާން މެލޭޝިޔ،ާ މެލޭޝިޔާ
– ޔުނިވަރސިޓީ ޓެކްނޮލޮޖީ މެލޭޝިޔ،ާ މެލޭޝިޔާ
– ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ދިވެހިރާއްޖެ
– އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސ،ް ދިވެހިރާއްޖެ
– ވިލާ ކޮލެޖް، ދިވެހިރާއްޖެ

ޑިޖިޓްއޭޝިއާ ޕްރޮޖެކްޓްގެ ތެރެއިނ،ް އަދުގެ ތަޢުލީމީ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ފަހި ޙައްލުތަކެއް ތަރުތީބު ގޮތެއްގައި ހޯދުމުގެ މަސައްކަތްތައް ކުރެވޭނެއެވ.ެ މިގޮތުން ޤުދުރަތީ ގޮތުންނާއި އެނޫން ވެސް ސަބަބުތަކާއި ހުރެ މަތީތަޢުލީމު
ފޯރުކޮށްދިނުމުގައި ދަތިތައް އެކުލެވ،ޭ ދުރު ސަރަޙައްދުތަކުގައި ހުރި ސުމޭކު ފަރަގު ކުޑަކުރުމާއ،ި އަދި ދަރިވަރުން ސިނާޢީ 5.0 އަދި އިޖުތިމާޢީ 5.0 އަށް ތައްޔާރުކުރުން ފަދަ މުހިންމު މައްސަލަތަކަށް މި ޕްރޮޖެކްޓްގެ ތެރެއިން ޙައްލު ހޯދުމަށް
މަސައްކަތްތައް ކުރެވޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
advertisment
ހިޔާލު