ރ. ކިނޮޅަހު ސްކޫލުގެ ދަރިވަރުން އެ ރަށު ހުކުރު މިސްކިތް، މަސްޖިދުއް އިސްމާޢީލް، ރޯދައަށް ސާފުކޮށްދީފިއެވެ.
މިސްކިތް ސާފުކުރުމުގައި އެ ސްކޫލުގެ 23 ޕްރިފެކްޓަރުން ބައިވެރިވިއެވެ.
މިއީ ޕްރިފެކްޓަރުން މި އަހަރަށް ތާވަލު ކުރި މަސައްކަތްތަކުގެ ތެރެއިން މުޖްތަމައަށް ފައިދާ ހުރި މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ދަރިވަރުން ވަނީ، މިސްކިތުގެ ވަށައިފާރު ދޮވެ ސާފުކޮށްފައެވެ. އަދި މިސްކިތުގެ އެތެރެ ވެސް ސާފުކޮށްފައެވެ.

"ރަށި ކައުންސިލުން އެދުނު ގޮތަށް ހުރިހާ ތަނެއް ދަރިވަރުން ވަނީ ސާފުކޮށްދީފައި" ކިނޮޅަހު ސްކޫލުން ދަރިވަރު ނޫހަށް ބުންޏެވެ.
އެރަށު ސްކޫލުން ބުނީ، އިޖްތިމާއީ މަސައްކަތެއްގެ ގޮތުން އެ މަސައްކަތް ދަރިވަރުން ކުރީ، މިސްކިތު މަސައްކަތު މީހުން ކުރާ ބުރަ މަސައްކަތުގައި ބައިވެރިވެ އެ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

"ދަރިވަރުން ތިބީ މިފަދަ ކޮންމެ ކަމެއްގައި ބައިވެރިވާން ތައްޔާރަށް" މިސްކިތް ސާފުކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތާ ގުޅޭ ގޮތުން އެ ސްކޫލުން ބުންޏެވެ.
ފައުންޑޭޝަނުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ ކިނޮޅަހު ސްކޫލުގައި 200އާ ކައިރިކުރާ އަދަދެއްގެ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު