ޣިޔާޘުއްދީނުގެ "ގިފްޓް އަ ސްމައިލް" ހަރަކާތުން 131 އާއިލާއަކަށް ހަދިޔާ ޕެކް

ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލް ގެ ފަރާތުން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން [ގިފްޓް އަ ސްމައިލް] ގެ ނަމުގައި ކުރިޔަށް ގެންދާ ހަރަކާތަކީ ޣިޔާޘުއްދީން ގެ ކޮމިއުނިޓީ ސާވިސް ޕްރޮގްރާމް ގެ ދަށުން ހިންގޭ ހަރަކާތެކެވެ.

މި އަހަރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 131 އާއިލާއަކަށް ހަދިޔާ ޕެކް ހަދިޔާކޮށްފައިވެއެވެ. ހަދިޔާ ޕެކް ގައި ހިމެނެނީ އާއްމުކޮށް ކެއިންބުއިމުގައި ބޭނުންކުރާ 14 ބާވަތެއްގެ ތަކެއްޗެވެ. "ގިފްޓް އަ ސްމައިލް" ހަރަކާތް ޣިޔާޘުއްދީނުން ކުރިއަށް ގެންދަނީ މަހަލްދީބް ފައުންޑޭޝަންއާ ގުޅިގެންނެވެ.

މިއީ މި ހަރަކާތް ދެ ފަރާތް ގުޅިގެން ކުރިއަށް ގެންދާ ހަތަރު ވަނަ އަހަރެވެ. ހަދިޔާ ޕެކްތައް އާއިލާތަކަށް ފޯރުކޮށްދެނީ އެ ފައުންޑޭޝަނުންނެވެ.

މި ހަރަކާތުގައި ހަދިޔާ ކުރާ ތަކެއްޗަކީ ބެލެނިވެރިންނާއި މުވައްޒަފުންގެ ދީލަތި އެހީތެރިކަމާ އެކު ހަދިޔާކުރާ ތަކެއްޗެވެ. [ގިފްޓް އަ ސްމައިލް] ހަދިޔާ ޕެކް ތައްޔާރު ކުރުމުގައި ދަރިވަރުންނާއި ބެލެނިވެރިންގެ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބެމުން އަންނަ ކަމަށް ޣިޔާޘުއްދީން ސްކޫލުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *