އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ކަލާފާނު ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖައްސައިފިއެވެ.
ޓީޗިން ހެއްދެވުމަށްފަހު އެންމެ ފުރަތަމަ ލާޒްލީން ކިޔަވައި ދެއްވީ ޖަމާލުއްދީން ސްކޫލުގައެވެ. އޭގެ ފަހުން މަސައްކަތް ކުރައްވަމުން ގެންދިޔައީ ކަލާފާނު ސްކޫލުގައެވެ. ނާޒްލީން ވަނީ ކަލާފާނު ސްކޫލުގައި، ޓީޗަރެއްގެ މަގާމާއި ލީޑިންގ ޓީޗަރެއްގެ މަގާމާއި އަދި ޑެޕިޔުޓީ ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ. އަދި 7އަހަރު ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ.
އަމީނިއްޔާއިން ސާނަވީއަށް ކިޔަވާވިދާޅުވި ނާޒްލީން އެ ސްކޫލުގެ ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2015 ވަނަ އަހަރުއެވެ.
ކަލާފާނުގެ ޕްރިންސިޕަލްކަމުގެ ޒިންމާއާ ނާޒްލީން ހަވާލުވަޑައިގަންނަވާނީ މިއަދު މެންދުރު ފަހުއެވެ.
ހިޔާލު