އަންނަ ރޯދަމަހު ތަރީވީޙް ނަމާދު ސަލްމާން މިސްކިތުގައި ކުރާނެ އިމާމުން ކަނޑައަޅައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، މަސްޖިދުލް މަލިކި ސަލްމާންގެ އިމާމުންގެ ގޮތުގައި ތިއްބަވާނީ އަލްޙާފިޒް އާދަމް މިޝްއަލް ޝާމިންއާއި އަލްޙާފިޒް މުޙައްމަދު މިޝްއަލް ޢާޡިމްއާއި އަލްޙާފިޒް ޢަބްދުﷲ އަޙްސަން ސަޢީދު ކަމަށެވެ.
މީގެ ކުރިން އެ މިނިސްޓްރީން ވަނީ، އިސްލާމީ މަރުކަޒުގައި ވެސް ތަރާވީޙް ނަމާދާއި ދަމުނަމާދު އިމާމުވެ ކުރާނެ ފަރާތްތައް ކަނޑައަޅާފައެވެ.
ކުރީ އަހަރުތަކާ ޚިލާފަށް އިސްލާމިކް މިނިސްޓްރީން އިސްކަން ދީފައިވަނީ، ޒުވާން އިމާމުންނަށް ފުރުޞަތު ދިނުމަށެވެ.
އިސްލާމީ މަރުކަޒުގައި ރޯދަ މަހު އިމާމުވެ ތަރާވީސް ކުރައްވާނީ، މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒާއި އަލްޙާފިޒް ޚިޟްރު ބިން ޢިމާދުގެ އިތުރުން އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފެވެ. ސުލްޠާން މުޙައްމަދު ލަޠީފް ގުޅިވަޑައިގަންނަވާނީ ފަހު ދިހައިގައެވެ. ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރައްވާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަޠިފްއެވެ.
އެ މިނިސްޓްރީން ބުނީ، އަމާޒަކީ މުސްތަޤުބަލަށް މިޤައުމު ފަޚުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަޚްޞިއްޔަތުން ނެރުން ކަމަށެވެ.
advertisment
ހިޔާލު