ފާއިތުވި އަހަރު ބޮޑުފޮޅުދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކީ ހައުރާ

ފާއިތުވި އަހަރު ބޮޑުފޮޅުދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަކީ ޢާއިޝަތު ހައުރާ އަބްދުލް ޖަލީލެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބޮޑުފޮޅުދޫ ސްކޫލުގެ 2023-2024 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ، މަތިވެރި ސްކޫލުގެ ޕްރިންސިޕަލް ޙަސަން ޙަމީދު އިބްރާހިމެވެ.

ފާއިތުވި އަހަރު އެއްވަނަ ދަރިވަރުގެ ގޮތުގައި ހޮވި، ހައުރާ އަކީ އެ ސްކޫލުގެ ކެޕްޓަނެވެ. އަދި ސްކޫލުން ރާވާ ހިންގާ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތް ކުރަމުން އައި ނަމޫނާ ދަރިވަރެއް ކަމަށް ބޮޑުފޮޅުދޫ ސްކޫލުން ބުނެއެވެ.

މި ޖަލްސާގައި މިދިޔަ އަހަރު އެ ސްކޫލުން އެކި ގޮތްގޮތުން ފާހަގަކޮށްލެވުނު ހަތް ދަރިވަރުންނަށް އިނާމް ދީފައިވެއެވެ.

އިނާމް ދިނުމުގެ ޖަލްސާގެ ޝަރަފުވެރިމެހުނާމު ހަމީދު ވިދާޅުވީ، ދަރިވަރުން ރަނގަޅު ކާމިޔާބީއެއް ހާޞިލް ކުރުމަށް އެންމެ ތުއްތުއިރުއްސުރެ މަސައްކަތް ކުރުން މުހިންމު ކަމަށާއި އަދި ފައުންޑޭޝަން ސްޓޭޖް ނިންމައި ގުރޭޑް އެކަކުން ދަރިވަރުންގެ ލިޔުމާއި ކިޔުމާއި ހިސާބުގެ ހުނަރު ތަރައްޤީ ކުރަންޖެހޭ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ބެލެނިވެރިންގެ ޝާމިލުވުން މަތީ ގުރޭޑްތަކުގައި އިތުރުކުރަންޖެހޭ ކަމަށެވެ. ދަރިވަރުންގެ ކުރިއެރުމަށް ބެލެނިވެރިންނާއި ޓީޗަރުންގެ އިތުރުން މުޖްތަމަޢުގެ ޝާމިލުވުން މުހިންމުކަން ވެސް ޙަމީދު ފާހަގަކުރެއްވިއެވެ.

ސްކޫލުގެ ގޯތިތެރޭގައި ބޭއްވި މި ޚާއްޞަ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ސްކޫލުގެ ޕްރިންސިޕަލް މޫސާ ނިމާލް ވިދާޅުވީ، ތަޢުލީމަކީ އެންމެ މުހިންމު ހަތިޔާރު ކަމަށާއި މި ހަތިޔާރު ހޯދަން ދަރިވަރުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ޕްރިންސިޕަލް އިތުރަށް ވިދާޅުވީ، އުނގެނޭ ޢިލްމަކީ ދުވަހަކު ވެސް ވަކިވެގެން ނުދާނެ އެއްޗެއް ކަމަށާއި އެހެން ކަމުން ދަރިވަރުން ވަގުތު ނަގާނުލައި، ހިތްވަރާއެކު ކިޔެވުމަށް މަސައްކަތް ކުރަންވާނެ ކަމަށެވެ. އަދި އޭނާ ވަނީ ދަރިވަރުންގެ ކުރިއެރުމަށް މުދައްރިސުންނާއި ބެލެނިވެރިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *